ޖިންސީ ގޯނާގެ ތުހުމަތުގައި އައްޑޫ ސިޓީން ހައްޔަރު ކުރި އާމިންދައްތަގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމުމުން އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެެވެ.
ފުލުހުންގެ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ހުށަހެޅުމާއެކު އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރިއަށް ގެންގޮސް ހެކި ގަރީނާ ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކި ގަރީނާއާއި ލިޔުންތަކާއެކު ޖިނާއީ ދައުވާކުރަން އިއްޔެ ޕީޖީ އޮފީހަށް ފޮނުވި ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަން ކުރުމަށްފަހު ޖިނާއީ ދައުވާއެއްކޮށްގެން ކުށް ސާބިތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށް ބަޔާންކޮށް މިއަދު ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައި." ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލުމުން ހައްޔަރުކުރި އަންހެން މީހާ މިރޭ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. މީގެއިތުރުން މި މައްސަލާގައި ހައްޔަރުކުރި މީހާ ފިޔަވައި އިތުރު މީހެއް ނުވަތަ ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އާމިންދައްތަގެ އާއިލާގެ މީހުން މީގެ ކުރިން ބުނެފައިވަނީ އެ ކުއްޖާއަށް ގޯނާކުރީ ކުއްޖާގެ ކާފަ ކަމަށެވެ. އާމިން ދައްތަ ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް ބުނެ އާމިންދައްތަ ދޫކޮށްލުމަށް ގޮވާލައި އައްޑޫގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު