ފޮނަދޫ މެޖިސްޓްރޭޓް އަދި ޖޭއެސްސީގައި ދަށުކޯޓުތައް ތަމްސީލް ކުރައްވާ އަލީ ޝަރީފް
ފޮނަދޫ މެޖިސްޓްރޭޓް އަދި ޖޭއެސްސީގައި ދަށުކޯޓުތައް ތަމްސީލް ކުރައްވާ އަލީ ޝަރީފް
ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ކެމެރާ ކުރިމަތީގައި ދަގަނޑުބުރިއަކުން އަމަލާދީ ޒަހަމްކޮށްލި މައްސަލަ ސާބިތު ނުވާ ކަމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މަސްއޫދަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމްގެ މައްޗަށެވެ. ސަމީމްގެ މައްޗައް ދައުލަތުން ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ނުވަތަ ހަތިޔާރެެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެެވެ. އެމައްސަލައިގައި ޝަރީއަތް ނިމެންދެން އޭނާ ހުރީ ބަންދުކޮށްފައެވެ.



ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މިމައްސަލަ ސަރީއަތަށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ. މިމައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ހެކި ތަކެެއް ޝަރީއަތަށް ހުށައަޅާފައެެވެ. އޭގެ ތެރޭގަައި ޑޮކުޓަރ ރިޕޯޓާއި ވީޑިއޯ ފޮރެންސިކް ރިޕޯޓާއި އަދިވެސް ގިނަ ހެކިތަކެއް ހިމެނެއެވެ. އެހެން ނަމަވެސް އެ ހެކިތައް ބަލައިނުގަތުމަށް ގާޒީ ވަނީ ނިއްމާފައެވެ.

މިމައްސަލަ ބެއްލެވީ ފޮނަދޫ މެޖިސްޓްރޭޓް އަދި ޖޭއެސްސީގައި ދަށުކޯޓުތައް ތަމްސީލް ކުރައްވާ އަލީ ޝަރީފެވެ. މި މައްސަލައިގައި ސަމީމު ހައްޔަރުގައި ބެހެއްޓުމަށް މީގެކުރިން ދެފަހަރެއްގެ މަތިން ދައުލަތުން އެދުމުން ވެސް ގާޒީ ވަނީ އޭނާ ދޫކޮށްލާފައެވެ. މައްސަލަ ނިމެންދެން ސަމީމު ބަންދުގައި ބެހެއްޓީ ވެސް ހައި ކޯޓުން އެގޮތަށް ނިންމައިގެންނެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މަސްއޫދަށް ދަނގަނޑު ބުރިއަކުން ހަމަލާދީފައިވަނީ އޭނާގެ އަނބިކަބަލުންނާއެކު ސައިކަލުގައި ދުއްވަން އުޅުއްވަނިކޮށެވެ. ދަނގަޑު ބުރިން ހަމަލާ ދިނުމުގެ ސަބަބުން މަސްއޫދުގެ އަތް ޒަޚަމްވިއެވެ. އެ ހަމަލާ އިން މަސްއޫދަށް ލިބުނު ޒަހަމްތަކަށް ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުންް ވެސް ވަނީ ފަރުވާ ހޯއްދަވާފައެވެ.

އެ ހަމަލާ ދިން ވަގުތު ނަގާފައިވާ ވީޑިއޯ ވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނީ ކަޅުކުލައިގެ ޕީސީއެކްސް ސައިކަލެއްގައި އަހުމަދު ސަމީމް އައިސް ދަގަނޑުބުރި އަކުން މަސްއޫދަށް ހަމަލާދީ ވަރަށް ބާރަށް ސައިކަލްގައި ދުއްވާފައި ދާ މަންޒަރެވެ. އެމައްސަލައިގައި ދައުވާ ކުރި ސަމީމަކީ ލ. އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތުހުމަތު ކުރާ ފަރާތްކަން ފާހަަގަކޮށްލެވެެެއެެވެ.



ކިޔުންތެރިންގެ ހިޔާލު


3

އަލީޖާން

24-Apr-2022

އެމްޑިޕީ ގެ އިންސާފު .. ކެނެރީގެ ނަޝީދުއާއި އެމްޑީޕީ އިސްމީހުން ބޭނުންވާ ވާ މީހކައް ފިޔަވާ މި ގައުމުގަ އިންސާފެއް ނުލިބޭނެ ކަން ސާބިތު މިވަނީ


-1

ޔެސް

24-Apr-2022

މިފަދަ ނުބައި ނުލަފާ މީހުން އިންސާނުންގެ ތެރޭގައި ބައިތިއްބަން ހެޔޮ ނުވާނެ. ގާޒީންނޭ ކިޔާފަ މިއީ ގައްދާރުން.


10

އަލީ

24-Apr-2022

ސަދޫމް ކޯޓުތަކުގެ ފަޑިޔާރުން...


4

އަދުލު ވިޔަފާރި

24-Apr-2022

އަދުލު އިންސާފުގެ ކަންކަން އަބަދުވެސް އޮންނަނީ ‘ބިޑް’ އުސޫލުން.. ހެކި ހުއްޓަސް އަދި ނެތަސް މައްސަލަ ނިމިގެންދާނީ އެންމެބޮޑު އަގެއް ހުށައަޅާ ފަރާތެއްގެކޮޅައް.. މިހާރުއެއީ ސަގާފަތުގަ އެކަން އެއީ އޮންނަންޖެހޭގޮތްކަމައް ގިނަބަޔަކައް ގަބޫލުވެސްކުރެވޭ.