ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕެއިޑް ޕާކިން ޒޯންތަކުން، ކާރު ޕާކު ކުރުމުގެ ޖާގަ ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ، ދެ ޒޯނަކަށް ބަހާލައިގެން 70 ކާރު ޕާކު ކުރާނެ ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ޖާގަތައް ދޫކުރަން ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުން އެންމެ މަތީ ކުއްޔެއް ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ޖާގަތައް ދޫކުރަން ހަމަޖެހިފައި ވަނީ 3 މަސް ދުވަހުގެ މުއްދަތަށް ކަމަށާއި ބީލަން ފެށޭ އަގަކީ މަހަކަށް 1500 ރުފިޔާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ޕެއިޑް ޕާކިން ދެ ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވަނީ ފެރީ ޓަރމިނަލް ކައިރީގައިވާ 50 ކާރުގެ ޖާގައިގެ ފިތުރޯނު ޕާކިން ޒޯން، އަދި ރެޑްވޭވް މެގަމޯލް ކާރީގައިވާ 20 ޖާގައިގެ އުނިމާ ޕާކިން ޒޯނެވެ.
މި ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުން، އުމުރުން 18 އަހަރު ފުރިފައިވުން، އަދި އެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކާރަކަށް ކާރުވުން ހިމެނެއެވެ.
އެޗްޑީސީން ބުނީ، މިފަހަރު ދޫކުރާ ޕާކިން ޖާގަތަކަށް ބީލަން ހުށަހަޅައި ހޮވޭ ފަރާތްތަކަށް އެ ކުންފުނިން ގާއިމު ކުރާ ސްމާޓް ޕާކިންގުން އިސްކަން ދޭން ހަމަޖެހިފައި ކަމަށެވެ.
އެޗްޑީސީން ބުނީ، މިފަދަތަންތަން ދޫކުރުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ފަސޭހަ ކަމާއިއެކު ކާރު ޕާކު ކުރުމަށް މަގުފަހި ކޮށްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު