އަހުމަދު މަސްނޫމް   22 އޭޕްރީލު 2022 - 16:31
އިދިކޮޅު ޕީޕިއެމުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ބެނާތައް ފުލުހުން އިއްޔެ ނަގަން ފެށުމުން ބެނާގެ ސްޕެލިންގ ބަދަލުކޮށް އަލުން ބެނާ ދަމަން ފަށައިފި އެވެ.

އިދިކޮޅު ކޯލިޝަނުން އިސްވެ ހިންގަމުން އަންނަ އިންޑިއާ އައުޓް ކެމްޕޭނުގެ ބެނާތަކުގެ ސްޕެލިން ބަދަލުކޮށްފައިމިވަނީ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ނިންމަވައި ރައީސް އިއްޔެ ގަރާރެއް ނެރުއްވާފައިވަނިކޮށެވެ. ޕީޕީއެމް ޕީއެންސީން ކުރިއަށް ގެންދާ ކެމްޕޭންގެ ބެނާތަކުގައި މިހާތަނަށް ލިޔަމުން އައީ "އިންޑިޔާ އައުޓް" ކަމަށް ވިޔަސް މިހާރު ދަމާފައިވާ ބެނާތަކުގައި ސްޕެލިން ލިޔެފައި ވަނީ "އިން ޑިއަރ އައުޓް" މި ގޮތަށެވެ.



މި ކެމްޕޭންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ސްޕެލިން ބަދަލުކޮށްގެން ދެމި ބެނާތަކެއްގެ ފޮޓޯތައް މިހާރު ވަނީ އާންމުކޮށްފަައެވެ.

މީގެކުރިން އެ ކެމްޕޭނުގެ ދަށުން ޕީޕީއެމް އޮފީސް ހުންނަ ހ. ހުރަފާއާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅު، ހ. ދޫވެހީގެ އިތުރުން ވެސް ބައެއް އިމާރާތްތަކުގައި ދެމި ބެނާތައް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ނަގާފައެވެ.



ކިޔުންތެރިންގެ ހިޔާލު