ރާއްޖެއާއި މި ސަރަހައްދުގެ އަމާންކަން ނަގާލަން ދިވެހި ފުރުސަތު ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.
ހަމްދާން މިހެން ވިދާޅުވީ، އިންޑިޔާ އައުޓް ކެމްޕޭން ހުއްޓުވުމަށް ރައީސް ސާލިޙު ނެެރުއްވި ގަރާރުން ގާނޫނު އަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުހުއްޓުވޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެ ދެެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން ހަމްދާން ވަނީ ރައީސްގެ ގަރާރު ބެއްލެވިންތޯ އަލީ ހުސެއިނާއި ސުވާލު ކުރައްވާފައެވެ. ހަމްދާން ވިދާޅުވީ ވަކި ގައުމަކާއި މެދު ނަފުރަތު އުފައްދައި އަވައްޓެރި ގައުމުތަކަށް ބުރޫއަރުވަން ކުރާ މަސައްކަތަށް ދިވެހިން ފުރުސަތު ނުދޭނެ ކަމަށެވެ.
"ރާއްޖެއާއި މި ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި އަމާންކަން ސިޔާސީ މަންފާތަކެއް ހޯދުމުގެ ނިޔަތުގަައި ނަގާލުމަށް ދިވެހިން ފުރުސަތެއް ނުދޭނެ." ހަމްދާން ވިދާޅުވިއެވެ.
އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ރައީސް ސާލިޙު ނެރުއްވި ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ނެެރުއްވި ޤަރާރު ރަނގަޅަށް ބެއްލެވިންތޯ؟ ވަކި ޤައުމަކާމެދު ނަފްރަތު އުފައްދާ، އަވަށްޓެރި ޤައުމުތަކުގެ ގުޅުމަށް ބުރޫއަރުވާ، ރާއްޖެއާ މި ސަރަހައްދުގެ ސުލްހަމަސަލަސްކަމާ އަމާންކަން ސިޔާސީ މަންފާތަކެއް ހޯދުމުގެ ނިޔަތުގައި ނަގާލުމަށް ދިވެހިން ފުރުޞަތެއް ނުދޭނެ. https://t.co/mte8sSb3Yg
— Hamdhan (@Ahmed_hamdhan) April 21, 2022
"ރާއްޖެއާއި މި ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި އަމާންކަން ސިޔާސީ މަންފާތަކެއް ހޯދުމުގެ ނިޔަތުގަައި ނަގާލުމަށް ދިވެހިން ފުރުސަތެއް ނުދޭނެ." ހަމްދާން ވިދާޅުވިއެވެ.
އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ރައީސް ސާލިޙު ނެރުއްވި ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު