އަހުމަދު މަސްނޫމް   23 އޭޕްރީލު 2022 - 1:56
ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިޔުމަށްޓަކައި 453 ކޯޓާ ސަޢުދީ ޢަރަބިއްޔާއިން ދީފިއެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް 453 ކޯޓާ ދޫކޮށްފައިވާއިރު ކޯވިޑްގެ ކުރިން ރާއްޖެއަށް 1000 ކޯޓާ އައީ ދެމުންނެވެ. އަދި އެކޯޓާ އިތުރު ކޮށްދީފައި ވެސާ ވެއެވެ.

މިއަހަރު ސައުދީން ނިންމާފައިވަނީ 1 މިލިއަން މީހުން ހައްޖުގައި ބައިވެރިކުރުވާށެވެ. މިއީ ކޯވިޑްގެ ކުރީގެ އަދަދުތަކާއި އަޅާބަލާއިރު މަދު އަދަދެކެވެ. އެގޮތުން މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުންއައެވެ.

ނަމަވެސް 2020 ވަނަ އަހަރު ކޯވިޑް އެންމެ ގަދައަށް ފެތުރުނުއިރު އެ އަހަރުގެ ޙައްޖުގައި ބައިވެރިކޮށްފައިވަނީ ސައުދީގައި އުޅުނު 1000 މީހުންނެވެ. އަދި މިދިޔަ އަހަރު 60000 މީހުންނަށް ފުރުޞަތު ދިނުވެ.



އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވިދާޅުވީ ރާއްޖެއަށް 453 ކޯޓާ ލިބިފައިވާކަމަށް ސައުދީގެ ލިސްޓްގައި އޮތްނަމަވެސް ރަސްމީކޮށް މިނިސްޓްރީއަށް އެކަން އަންގާފައި ނުވާކަމަށެވެ.

ޤައުމުތަކުން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ސަޢޫދީން އެކުލަވާލާފައިވާ ކޯޓާ ލިސްޓްގައި ވާގޮތުން 85 އިންސައްތަ މީހުންނަކީ އެހެނިހެން ޤައުމުތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެ ޤައުމަށް އެތެރެވާ މީހުންނެވެ.

ސަޢުދީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ އިންޑޮނީޝިއާއަށެވެ. އެޤައުމަށް 100051 ކޯޓާ ވަނީ ދީފައެވެ. ޕާކިސްތާނަށް 81،132 ކޯޓާ، އިންޑިއާއަށް 79،237 ކޯޓާ، ބަންގްލަދޭޝްއަށް 57،585 ކޯޓާ އަދި ނައިޖީރިއާއަށް 43،008 ކޯޓާއެވެ.

މިއަހަރުގެ ޙައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު


13

މ އ

25-Apr-2022

ތަންކޮޅެއް ކުރިން އެނގިނަމަރަމްޒާންމަހު އުމްރާއެއްވެސް ދެވިއްޖެއެއް ނު 😭😭😭