ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވާން އަންގައިފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ހދ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިރޭ 23:00އާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ މާދަމާ ހެނދުނު 6:00އާ ހަމައަށް އެންމެ ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އެހެން ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ މެދުރާއްޖެތެރެއާއި ދެކުނުގައި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ރާޅު އުސްމިނުގައި ގާތްގަނޑަކަށް 5 ފޫޓާއި 2 ފޫޓު ހުންނާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މިވަގުތުތަކުގައި މިސަރަހައްދުގެ ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ޙާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

White Alert issued for heavy rain and thunderstorms. pic.twitter.com/eqHCNVmMbH
— Maldives Meteorology (@MetMaldives) April 22, 2022
މޫސުމާއި ބެހޭ އިދާރާއިން ބުނީ މެދުރާއްޖެތެރެއާއި ދެކުނުގައި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ރާޅު އުސްމިނުގައި ގާތްގަނޑަކަށް 5 ފޫޓާއި 2 ފޫޓު ހުންނާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މިވަގުތުތަކުގައި މިސަރަހައްދުގެ ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ޙާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު