އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50ރ. ގެ މަގުން ޖުމްލަ 28 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.

އެމްޓީސީސީން މި ގޮތަށް ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ. އެ ކުންފުނިން ފާސްކޮށްފައިވަނީ މޫނުމަތީ އަގު ކަމަށްވާ ފަސް ލާރީގެ ކޮންމެ ހިއްސާއަކަށް 3.50ރ. ބެހުމަށާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 28.1 މިލިއަން ރުފިޔާ ބެހުމަށެވެ.

އެމްޓީސީސީން ބުނީ ހިއްސާގެ ފައިސާ ލިބޭނީ މި މަހުގެ 18ގެ ނިޔަލަށް ކުންފުނީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށް ކަމަށެވެ. ނަމަވެސް، އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމްޓީސީސީއަށް 2020ގައި ފައިދާގެ ގޮތުގައި 190.69 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެ އަހަރު ލިބުނު ފައިދާއިން އެމްޓީސީސީން ހިއްސާއަކަށް ބަހާފައިވަނީ 3ރ. އެވެ.

މިދިޔަ އަހަރު 224 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު އެ ކުންފުނިން މިހާރު ވަނީ މި އަހަރު 300 މިލިއަން ރުފިޔާގެ ފައިދާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން