ޑިސްޓްރިބިއުޝަން ބޮކްސް ހަލާކުވެފައިވާނަމަ ސްޓެލްކޯއަށް އަންގަން އެކުންފުނިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ބޮކްސްތަކަށް (ޑީބީ) ގެއްލުން ލިބި، މަރާމާތުކުރަންޖެހޭ ހިސާބަށް ބައެއް ބޮކްސްތަކުގެ ހާލަތު ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ އާއްމު ރައްޔިތު މީހާއާއި ސްޓެލްކޯއާ މޮމިއުނިކޭޝަން ލިންކެއް އުފެދިފައިވާތީ އުފާކުރާކަމަށެވެ. އަދި މާލެތެރޭގައި 2000 އަށްވުރެ ގިނަ ޑީބީ ހުންނާނެކަމަށާއި ކުންފުނީގެ ސަމާލުކަމަށް ނައިސް ޑީބީތަކެއް މަރާމާތުކުރަން ޖެހިފައި ހުރުމަކީ ވެދާނެކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެކަންކަން ސްޓެލްކޯގެ ސަމާލުކަމަށް ގެނައުމުން އިސްލާހުކުރައްވާނެކަމަށެވެ.
ޝަރީފް ވިދާޅުވީ ހަލާކުވެފައިވާ ބައެއް ޑީބީތަކަށް ވަގުތީ ހައްލެއް ގެނެވިފައިވާކަމަށެވެ. އަދި ޑީބީ ބަދަލުކުރަން 200 އެއްހާ ގޭބީސީން 2 ގަޑިއިރަށްވަރު ކަރަންޓް ކެނޑޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ހަލާކުވެފައިވާ ބައެއް ޑީބީ ޗޭންޖުކުރުން ރޯދައިގެ ފަހަށް ތާވަލުކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

Ammu riyyuthu meehaa aai @STELCOMALDIVES aa communication link eh ufedhifa vaathee ufaakuran, male thereyga 2000 ah vure gina DB hunnaane, company ge samaalu kamah nais DB thakeh maraamaathu kuran jehifa hurumakee vedhaane kameh, alert kurahvaa islaahu kohdheynan
— Ahmed Shareef (@ShareefRangondi) April 24, 2022
ޝަރީފް ވިދާޅުވީ އެކަންކަން ސްޓެލްކޯގެ ސަމާލުކަމަށް ގެނައުމުން އިސްލާހުކުރައްވާނެކަމަށެވެ.
ޝަރީފް ވިދާޅުވީ ހަލާކުވެފައިވާ ބައެއް ޑީބީތަކަށް ވަގުތީ ހައްލެއް ގެނެވިފައިވާކަމަށެވެ. އަދި ޑީބީ ބަދަލުކުރަން 200 އެއްހާ ގޭބީސީން 2 ގަޑިއިރަށްވަރު ކަރަންޓް ކެނޑޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ހަލާކުވެފައިވާ ބައެއް ޑީބީ ޗޭންޖުކުރުން ރޯދައިގެ ފަހަށް ތާވަލުކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު