ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް ޑިޒައިންކޮށްފައިވާތީ 3 ރަށެއްގެ ހޮސްޕިޓަލްގެ ޑިޒައިން ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފަށާފައެވެ. އަދި އަތޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކީވެސް ރަށު ފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަންތަނަށް ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
ހެލްތު މިނިސްޓްރީން ބުނީ ސަރުކާރުން އެޅުމަށް ނިންމާފައިވާ 3 ހޮސްޕިޓަލެއްގެ ކުރެހުންތައް އަލުން ރިވިއުކުރަމުންދާކަމަށެވެ. ހއ.ދިއްދޫ، ބ.އޭދަފުށި އަދި ދ.ކުޑަހުވަދޫ ހޮސްޕިޓަލްގެ ޑިޒައިނަށް ބަދަލު ގެންނަ ސަބަބުތަކުގެ ތެރޭގައި މިހާރަށްވުރެ ފުޅާކޮށް ޚިދުމަތް ދިނުމަށް ވިސްނާއިރު ބަދަލު ކުރަންޖެހޭ ކަންތައްތަކެއް ހުރުންވެސް ހިމެނޭކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
ހއ. ދިއްދޫ އާއި ބ. އޭދަފުށި އަދި ދ. ކުޑަހުވަދޫގައި ހަދާ ހޮސްޕިޓަލްގެ އާ އިމާރާތް ހުންނާނެ ގޮތުގެ ކުރެހުންތައް އާއްމުކުރީ 2020 ގައެވެ.
ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ޢިމާރާތްކުރާނެ ފަރާތްތައް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިހާރުވެސް އިޢުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު