"ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިން 2022" ރަސްމީކޮށް މިއަދު އިފްތިތާޙް ކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އެމްޓީސީސީ ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން މިއަހަރުގެ 3 މެއި އިން 22 މެއިއަށް ބޭއްވުމަށް ހަމަޖެހިފައިވާ ރެކްރޫޓްމަންޓް އޯޕަން ޑޭގެ މަޢުލޫމާތު ޙިއްސާކޮށްދެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. ރެކްރޫޓްމަންޓް އޯޕަން ޑޭގެ މަޤްސަދަކީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ޑްރެޖަރ ތަކާއި ކުންފުނީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމަށްޓަކައި މިއަހަރުގެ ޖޫންމަހު ގެނައުމަށް ހަމަޖެހިފައިވާ 34 ބަސް ދުއްވާނެ މުވައްޒަފުން ރެކްރޫޓް ކުރުމެވެ.
މި ޕްރޮގްރާމްގެ ދަށުން، ޑްރެޖަރ ބޭނުންކުރުމަށްޓަކައި، ޖުމްލަ 65 ފަރާތެއް ތަމްރީން ކުރެވިގެންދާނެއެވެ. މިގޮތުން، ޑްރެޖް މާސްޓަރ، ޑްރެޖް އޮޕަރޭޓަރ، ޑްރެޖް މެކޭނިކް، ޑްރެޖް ކްރޫ، ޓަގް އޮޕަރޭޓަރ، ޓަގް ކްރޫ، ވެލްޑަރ އަދި ޑްރެޖް ސުޕަވައިޒަރ ފަދަ ދާއިރާތަކަށް މީހުން ތަމްރީން
ކުރެވިގެންދާނެއެވެ. އަދި ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާ ފަރާތްތަކަށް 10،000 ރުފިޔާއާއި 33،000 ރުފިޔާއާއި ދެމެދުގެ މުސާރައަކާއިއެކު ކުންފުނީގެ ވަޒީފާ ހަމަޖެހިގެންދާނެއެވެ.
އެމްޓީސީސީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމަށްޓަކައި ގެނެވޭ 34 ބަސް ދުއްވުމަށް ހަމަޖެހިފައިވަނީ، ސ. ފޭދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލަށް، ލ. ގަން އަދި ލ. އިސްދޫގައެވެ. މިވަގުތު ބަހުގެ ޚިދުމަތް ލިބެނީ ހަމައެކަނި ސ. ފޭދޫގައި ކަމަށްވިޔަސް، އައު ބަސްތައް ގެނައުމާއެކު މިދެންނެވި ރަށްރަށަށްވެސް ޚިދުމަތް ފުޅާކުރެވިގެންދާނެއެވެ.
ބަސް ދުއްވަން ނެގޭ ފަރާތްތައް ހުނަވަރު ޕްރޮގްރާމްގެ ދަށުން 3 މަސްދުވަސްތެރޭ ތަމްރީންކުރެވި ލައިސެންސް ލިބޭނެއެވެ. އަދި މި ތަމްރީން ކާމިޔާބު ކަމާއެކު ނިންމާ ލައިސެންސް ލިބޭ ފަރާތްތަކަށް 14،000 ރުފިޔާއާއި 18،000 ރުފިޔާގެ މުސާރައަކާއެކު ބަސް ޑްރައިވަރގެ ވަޒީފާ ހަމަޖެހިގެންދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން، ޖުމްލަ 22 ބަސް ޑްރައިވަރުން ރެކްރޫޓް ކުރެވޭނެއެވެ.
ރެކްރޫޓްމަންޓް އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަންފަރު، ސ. ފޭދޫ، ސ. ހިތަދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލަށް، ލ. ގަން، ލ. އިސްދޫ، ށ. ފުނަދޫ، ޅ. ހިންނަވަރު އަދި ޅ. ނައިފަރުގައެވެ. މިގޮތުން މެއި 3 ގައި ހދ. ކުޅުދުއްފުށި، މެއި 4 ގައި ހދ. ނޮޅިވަރަންފަރު، މެއި 9 ގައި ސ. ފޭދޫ، މެއި 9 ގައި ސ. ހިތަދޫ، މެއި 10 ގައި ސ. ހުޅުމީދޫ، މެއި 12 ގައި ޏ. ފުވައްމުލަށް، މެއި 14 ގައި ލ. ގަން، މެއި 15 ގައި ލ. އިސްދޫ، މެއި 18 ގައި ށ. ފުނަދޫ، މެއި 21 ގައި ޅ. ހިންނަވަރު އަދި މެއި 22 ގައި ޅ. ނައިފަރު ގައި އޯޕަންޑޭ ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާގައި ޝާއިޢުކުރެވޭނެއެވެ. އަދި ކުންފުނީގެ ހޮޓްލައިން 1650 އިން ލިބޭނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު