ށ. ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެއްއަހަރު ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން، ށ. ނަރުދޫ ބަނދަރުގައި ޓީ-ޖެޓީއެއް ތަރައްޤީކޮށް ބަނދަރުގެ ޖާގަ މިހާރަށްވުރެ ދެގުނަ ބޮޑުކުރެވިގެން ދާނެއެވެ. މިގޮތުން މި މަޝްރޫޢު ނިމޭއިރު ބަނދަރުގެ ޖުމްލަ ދިގުމިނުގައި 786 ފޫޓު ހުންނާނެއެވެ. މި މަޝްރޫޢުގެ ތެރޭގައި ޖުމްލަ 210 މީޓަރުގެ އެއްގަމުތޮށި ތަރައްޤީކުރުމާއި، ލޭންޑިންގ ކްރާފްޓް ފަދަ އުޅަނދުފަހަރު ކައިރިކުރުމަށް ރޭމްޕް ތަރައްޤީކުރުމާއި، އަދި ހަމަމިއާއެކު ބަނދަރު ބޭނުންކުރާ އުޅަނދުފަހަރު ވާ އެއްސުމަށް ބޮއި ހަރުކުރުމުގެ އިތުރުން ބަނދަރު ދިއްލުން ވަނީ ހިމެނިފައެވެ.
މި މަޝްރޫޢު ނިމިގެންދާއިރު މިހާރު ބޭނުންކުރަމުން އަންނަ ނެރު ބަދަލުކުރެވިގެން ދާނެއެވެ. މިގޮތުން ނެރުގެ ދެފަރާތުގައި ބޮޑުހިލައިން ފައިކަށިލުމާއި، 371 މީޓަރު ދިގުމިނުގައި ކަނޑުތޮށި ލުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވެއެވެ. އަދި ބަނދަރު ކޮނެގެން ނެގޭ ވެލި އެޅުމަށްފަހު 205 މީޓަރު ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި އެސަރަޙައްދު ހިމާޔަތް ކުރުންވެސް މިމަޝްރޫޢުގެ ތެރޭގައި ހިމެނިފައިވެއެވެ.
މި މަޝްރޫޢު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙުމަދު ޙަމީދެވެ.
މިއީ 43 މިލިއަން ރުފިޔާ އަށް 365 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު