ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތަކުގައި ހޭންޑް ލަގެޖުގެ ގޮތުގައި އުފުލޭ އަދަދަށް ބަދަލެއް ގެނެސްފައި ނުވާނެކަމަށް އެ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން މިކަން ހާމަކޮށްފައި މިވަނީ މޯލްޑިވިއަނުން ހޭންޑް ލަގެޖުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ކިލޯއަށްވުރެ ބަރު ނޫން ދަބަހަކަށް ޗާޖުކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފެތުރުމުންނެވެ. އަދި އެގޮތަށް ޗާޖުކޮށްފައިވަނީ ފްލައިޓް ފުލްވެފައި އޮތުމުން ކަމަށް ޗެކިން ކައުންޓަރުން ބުނި ކަމަށްވެސް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އައިލެންޑް އޭވިއޭޝަން ސަރވިސަސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އެއަރލައިނުން ދަތުރުވެރިންނަށް ދެމުންދާ ހޭންޑު ލަގެޖުގެ މިންގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. އެގޮތުން މޯލްޑިވިއަނުން ދަތުރުކުރާ ފަސިންޖަރުންނަށް ހޭންޑު ލަގެޖުގެ ގޮތުގައި، 5 ކިލޯ އިތުރު ޗާޖަކާއި ނުލައި ގެންދެވޭނެއެވެ. ހޭންޑު ލަގެޖުގެ ބަރުދަން އިތުރުވެއްޖެނަމަ އިތުރުވާބައި އެެއްވެސް ހާލެއްގައި ހޭންޑު ލަގެޖުގޮތުގައި ނޭރުވޭނެއެވެ. މިހާލަތުގައި 5 ކިލޯއަށް ވުރެ އިތުރުވާބައި ދޫކޮށްލާ ލަގެޖްގޮތުގައި ދޫކޮށްލަން ފުރުސަތު ދެވޭނެކަމަށް އައިލެންޑު އޭވިއޭޝަނުން ވިދާޅުވެއެވެ.

އައިލެންޑް އޭވިއޭޝަން ބުނީ ހޭންޑު ލަގެޖަށް ގެންދާ ފޮށި ނުވަތަ ދަބަސްގެ ދިގުމިނުގައި 20 އިންޗި، ފުޅާމިނުގައި 12 އިންޗި އަދި އުސްމިނުގައި 7 އިންޗިއަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން