މޫސުން ގޯސްވެ ރާއްޖޭގެ ނުވަ އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން މިއަދު ވަނީ ރ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން ބުނީ ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކަމަށެވެ. މި ވަގުތުގެ ތެރޭގައި ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.
އޭގެ އިތުރުން ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ފަސް ފޫޓާއި އަށް ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ކަނޑު ދަތުރުފަތުރު ކުރެއްވުމުގައި މޫސުމަށް ސަމާލުވުމަށް މެޓްއޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

Alert white for strong winds and rough seas pic.twitter.com/yGclmKaun0
— Maldives Meteorology (@MetMaldives) May 2, 2022
އޭގެ އިތުރުން ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ފަސް ފޫޓާއި އަށް ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ކަނޑު ދަތުރުފަތުރު ކުރެއްވުމުގައި މޫސުމަށް ސަމާލުވުމަށް މެޓްއޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު