01 ވަނަ އެޕިސޯޑް
==========
ކާރު އޭގެ ބާރު ދުވެލީގައި ދުއްވަމުން އައިސް، މިހާރު ޓްރެފިކް ލައިޓާ ދިމާއިން ދުވެލި މަޑުކޮށްލިއެވެ. އެއީ ރަމަޟާން މަހެއްގެ ހަވީރުގެ ވަގުތަށްވުމުން، ޓްރެފިކްގެ ކިއު ނިކަން ދިގުވެފައި ބާރުބޮޑެވެ. މިހާދުގެ އަށާވީސް ފަސްދޮޅަސް ނަންބަރުގެ ކާރުގެ ކުރީގައި ފަސް ހަ ކާރުގެ ދިގު ލައިނެއް އޮތެވެ. ގައިމުވެސް އެއީ މީގެކުރިން އޭނާ ރާއްޖެއިން ދުށް މަންޒަރެއް ނޫނެވެ. މިއީ އޭނާއަށް މިފަދަ ތަހުޒީބީ މަންޒަރުތަކެއް ފެނުނު ފުރަތަމަފަހަރެވެ. އެވަގުތު، މަދު ދުވަސްތަކެއްގެ ތެރޭގައި ރާއްޖެ ހޯދަމުންދާ ކުރިއެރުމާ ދޭތެރޭ އޭނާއަށް ފިކުރު ކުރެވުނެވެ. މިފަދަ ފިކުރުތަކެއްގައި ހުއްޓައި، ކުއްލިއަކަށް އޭނާގެ ސަމާލުކަން ހުއްޓުނީ މަޖީދީމަގުން މާފަންނާވީ ކޮޅަށް ދަތުރުކުރަމުން އައިސް ޓްރެފިކަށް ހުއްޓުނު ލޭޑީބާރޑް ބައިސްކަލަކަށެވެ.
އެވަގުތު އޭނާގެ ހިތަށްއެރިއެވެ. ގައިމެވެ. ރާއްޖެއިން ބޭރުގައި ހޭދަކުރި ފަސްއަހަރު ތެރޭގައިވެސް އެބައިސްކަލުގައި އެއިންފަދަ ޖާދުވީ ކުއްޖަކު ނުދެކެމެވެ.
ތެދެކެވެ. އެއީ ޖާދުވީ ރީތިކަމަކާއި ފުރިހަމަކަމެއް ޤުދުރަތުން ދެއްވާފައިވާ ކުއްޖެކެވެ. އަންހެނުންގެ ހައިބަތު އަންގައިދޭފަދަ ފުރިހަމަ ގޮތަކަށް ހެދުން އަޅައިގެން އިނުމުގެ ސަބަބުން، އޭނާގެ ރީތިކަން އިތުރަށް ފުރިހަމައަށް ދައްކައެވެ.
މިހާދު ބޭނުންވީ ވީހާވެސް ގާތަކުން އެކުއްޖާއަށް ބަލައިލާށެވެ. ހިތް އެދެމުންދިޔައީ، އެނުދަންނަ ކުއްޖާގެ ފަހަތުން ދިއުމަށްޓަކައި ކާރުވެސް އައިކޮޅަށް އަނބުރާލާށެވެ. އޭނާ އެކަން ކުރަން އުޅުނުވެސްމެއެވެ. ނަމަވެސް، އެއީ ފެހި ލައިޓްވެސް ދިއްލުނު ވަގުތަށްވުމުން، އޭނާއަށް މަޖުބޫރުވީ ކާރު ކުރިއަށް ދުއްވާލާށެވެ. އޭނާ ކާރު ދުއްވާލަމުން ބިއްލޫރިގަނޑު ތިރިކޮށް، އެކުއްޖާއަށް ބަލައިލިއެވެ. އެވަގުތު އެކުއްޖާއަށްވެސް އޭނާގެ އެޙަރަކާތްތައް ފެނުނެވެ. އެކުއްޖާގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ. އެހިނިތުންވީ މިހާދަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމަކަށެވެ. އޭނާއަށް ހީވީ އެކުއްޖާ ޢިޝްޤީ އަތަކުން އޭނާގެ ހިތުގައި ފިރުމާލަދިންހެނެވެ. އެހެންކަމުން، އޭނާގެ ހިތުގައި އެކުއްޖާއާ ދޭތެރޭ އުފެދިފައިވާ ޝައުޤުވެރިކަން އިތުރުވިއެވެ. އޭނާގެ ހިތް ގޮވަމުން އައީ އެ ރީތި އަންހެން ކުއްޖާއާ ބައްދަލު ކުރުމަށެވެ.
ގެއަށް އައިސްވެސް އޭނާ ވިސްނަމުންދިޔައީ އެނުދަންނަ ކުއްޖާއާ ދޭތެރޭގައެވެ.
[ދަރިފުޅާ، ކޮންފިކުރެއްގަ. އެއޮއް ޖެހެނީ ރޯދަ ވީއްލާ ގަޑި.....] މިހާދު ސިހުނީ އޭނާގެ މަންމަ ނަސީމާގެ އަޑުންނެވެ.
[މަންމާ.....ކޮންކަހަލަ ފަންޏެއްތަ މިއަދު ހުރީ ކަރާތަ؟] މިހާދު މަންމަ ފަހަތުން ކާގެއާ ދިމާއަށް ހިނގައިގަތެވެ.
[ކަރާފަނިވެސް ހުންނާނެ. ދޮގުނަހަދާ ތެދަށް ބުނެބަލަ، ބޭރުން އައިސް ވަންގޮތަށް ކޮންފިކުރެއްގަތަ ދަރިފުޅު ތިހުންނަނީ....] ނަސީމާ ދަރިފުޅުގެ އިޙްސާސްތައް ދެނެގަތެވެ.
[ތަންކޮޅެއްފަހުން ކިޔައިދޭނަން. ކޮބައިތަ ބައްޕަ؟] މިހާދު މޭޒުދޮށުގައި އިށީންނަމުން ބުންޏެވެ.
[މިސްކިތުންނޯ ރޯދަ ވީއްލާނީ، ދަރިފުޅު ގާތު ބުނާށޯ ފުރަތަމަ ކޯދޮވެލައިގެން މިސްކިތަށްދާށޭ.] ނަސީމާ އޮޅުންފިލުވައިދިނެވެ. އެވަގުތު ބަންގި ގޮވިއަޑު އިވުނެވެ. މިހާދު ކަދުރު އޮށަކުން ރޯދަ ވީއްލުމަށްފަހު، ޖޫސް ތައްޓެއް ބޮއިގެން މިސްކިތަށް ދިޔުމަށްޓަކައި ނުކުތެވެ.
ޝިޔާޒް ޑްރައިވަރަށް ދިހަ ރުފިޔާގެ ނޫޓެއް ދިނުމަށްފަހު، ކާރުން ފައިބައިގެންގޮސް ދޯންޏަށް އެރިއެވެ. އޭނާ ދޯންޏަށް އަރައި އިށީނުމާއެކުހެން ދޯނި ވިލިނގިއްޔާ ދިމާއަށް މިޞްރާބު ޖަހައިފިއެވެ. ޝިޔާޒް ކޮނޑުގައި އޮތް ދަބަސް ނެގުމަށްފަހު، އޭގައި އޮތް ކެމެރާ ނަގައިގެން ދޯނިތެރޭގެ މަންޒަރުތައް ނަގަން ފެށިއެވެ. ހީވާގޮތުން އޭނާއަކީ ކޮންމެވެސް ނޫހެއްގައި މަސައްކަތްކުރާ ފޮޓޯގްރާފަރެކެވެ. އޭނާގެ އުޅުންހުރިގޮތުން އެކަން އެނގެއެވެ.
[ޝިޔާޒް......] ފޮޓޯ ނެގުމާއިގެން މަޝްޣޫލުވެގެން ހުރި ޝިޔާޒް ސިއްސައިގެންދިޔައީ ރައްޓެހި އަޑެއް ކަންފަތުގައި ޖެހުނީމައެވެ. ޝިޔާޒް، އެ އަޑާ ދިމާއަށް އެނބުރުނެވެ.
[އަނހަ ނާހިދު ކީއްކުރަން ވިލިނގިއްޔަށް ތިދަނީ؟] ޝިޔާޒް ތެދުވެގެން އައިސް ނާހިދުގެ ގާތުގައި އިށީނެވެ.
[މަންމަ މެޑިކަލް ހަދަން ގެނެއްސަ އެބައިން. މަންމަ އިންނަނީ ވިލިނގިލީ ބޮޑުދައިތަ ގާތުގައި. ރޭގަވެސް ގޮސްގެން މަންމައާ ބައްދަލެއްނުވި. ޝިޔާ ކޮންދަތުރެއް؟] ޝިޔާޒް ކުރި ސުވާލަށް ޖަވާބުދާރީވުމަށްފަހު ނާހިދު އެއްސެވެ.
[ހުކުރު ދުވަހު ކުޑަ އާޓިކަލްއެއް ލިޔަންވެގެން، އެއަށް ބޭނުންވާ ކަހަލަ ފޮޓޯތަކެއް ނަގަން ކަމަށް.] ޝިޔާޒް ބުންޏެވެ. މިމީހުން މިގޮތަށް ވާހަކައިގައި ތިއްބާ ދޯނިގޮސް ވިލިނގިލީ ޖެޓީއާ ކައިރިކުރިއެވެ. ޝިޔާޒް ނާހިދަށާއެކު ފެރީ ކުލި ދެއްކުމަށްފަހު ދޯނިން ފައިބައިފިއެވެ.
ރެއަކީ ހަނދުމަހެއްގެ މެދު ހަފްތާއެއްގެ ރެއަކަށްވީތީ، ހަނދުވަރު އައްޔެއް މުޅި ހިސާބުގަނޑަށް ފެތުރިފައިވުމުން، ވިލިނގިލީ އަވަށުގައި ދިރިއުޅޭ ޒުވާނުންގެ ގިނަބަޔަކު، ރޯދަ ވީއްލައި ކައިހަދާލައިގެން، އަންހެން ފިރިހެން މަސްހުނިކޮށް ތަފާތު ކުޅިވަރުތަކުގައި މަޝްޣޫލުވެގެން ތިއްބެވެ.
އެއްބަޔަކު މޫދުގައި ތަފާތު ކުޅިވަރު ކުޅެމުންދާއިރު، އަނެއްބަޔަކު ބައިބަލާއާއި އަދި އެނޫންވެސް ކުޅިވަރުތައް ކުޅެމުންދެއެވެ.
ޝިޔާޒް މިޞްރާބުޖެހީ ގޮނޑުދޮށުގައި އެންމެ ބައިބޯ ހިސާބުގަނޑަށެވެ. މީހުންތަކުގެ ތެރެއަށް އާދެވުމާއެކު، އޭނާ އެރަށަށް (އަވަށަށް) އައި މަޤްޞަދު ޙާޞިލު ކުރުމަށް މަސައްކަތް ފެށިއެވެ.
އޭނާގެ އަމާޒަކަށް އެންމެ ފުރަތަމަވެސްވީ މޫދުގައި ކޮންމެވެސް ކުޅިވަރެއްގައި މަޝްޣޫލުވެގެން ތިބި ކުދިންތަކުގެ ތެރެއިންވެސް އެންމެ ނިވާކަން ކުޑަ ހެދުން (ސްވިމިންގ ސޫޓް) ލައިގެންހުރި އަންހެން ކުއްޖާއަށެވެ. އޭނާ ލެންސް، އެ އަންހެން ކުއްޖާއާ ދިމާއަށް ދިއްކޮށް ފްލޭޝްކޮށްލިއެވެ. އެކުއްޖާ ސިހިފައި އެދިމާއަށް ބަލައިލިއެވެ. ޝިޔާޒް އެކުއްޖާގެ ރުހުން ހޯދުމުގެ ގަސްދުގައި ހީލިއެވެ. އެކުއްޖާ ޙައިރާންވެފައި ޝިޔާޒްގެ މޫނަށް ބަލަހައްޓައިގެން ހުއްޓައި، ޝިޔާޒް ދެތިން ފޮޓޯ ނަގާލިއެވެ.
[ސީނާ....ކީއްވެތަ އޭނަ މާވަރަކަށް ސީނާގެ ފޮޓޯ ނަގަނީ. ކާކުތަ އެއީ؟] މޫދުގައި ހުރި އެހެން ކުއްޖަކު ސީނާއާ މުޚާޠަބު ކުރިއެވެ. ޝިޔާޒްގެ ޙަރަކާތްތަކަށް ގެއްލިފައި ހުރި ސީނާއަށް ތެޅިގަނެވުނެވެ.
[ނޭނގެ، މާއިޝާ ކާކުތަ އެއީ؟] ސީނާއަށްވެސް ކުރެވުނީ ސުވާލެކެވެ.
[ކޮންމެ ގޮތެއްވިޔަސް އޭނަ ހަމައެކަނި ސީނާގެ ފޮޓޯތައް ނަގަންޖެހޭ ސަބަބެއްވާނެ. އޮޅުވާލަން ނޫޅޭ ސީނާ.] މާއިޝާ ސީނާއާ ދިމާކުރިއެވެ.
[ވަރަށް ސްމާރޓްދޯ؟] ސީނާއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. އޭރު ޝިޔާޒް ކެމެރާ ކޮނޑުގައި އަޅުވައިގެން ހިނގައިގެންފިއެވެ.
[ސީނާ އޭނަ ނުދަތަސް، އޭނާ ދަނޭ ނިކަން ރަނގަޅަށް ސީނާ. ގައިމުވެސް އޭނަ ސީނާ ނުދަންނަނަމަ، ކޮންމެހެން ސީނާގެ ފޮޓޯތަކެއް ނުނަގާނެނުން. ސީނާ ނޫނަސް މިތާނގައި އަންހެން ކުދިން އެބަތިބިވިއްޔަ.] މާއިޝާ ބުންޏެވެ.
[ވަރަށް ގިނައިރު ވެއްޖެ، ހިނގާދާން.] ސީނާ އެއްގަމަށް އަރައިގެން އައިސް، ގަހެއްގެ އޮފިގަނޑެއްގައި އަޅުވާފައި އޮތް އޭނާގެ ދިގު ޖެކެޓްލިއެވެ. އޭރު އެމީހުންގެ ލޯމަތިން ޝިޔާޒް ގެއްލިއްޖެއެވެ. ޝިޔާޒް ދިޔަގޮތަށްގޮސް އަނެއްކާވެސް އެރީ މާލެދާ ފެރީއަކަށެވެ.
ސީނާ ދިޔައީ ގެއަށެވެ. އޭނާ ގެއަށްގޮސް އެޒުވާނާއާ ދޭތެރޭ ވަރަށް ވިސްނިއެވެ. ހިތަށް އަރަމުން ދިޔައެވެ. އެޒުވާނާ އަހަރެންގެ ފޮޓޯ ނަގަންވީ ކީއްވެގެން ހެއްޔެވެ؟
[ދަރިފުޅާ ކޮން ޚިޔާލެއް؟] މަންމަ އަމީނާގެ އަޑުން ސީނާއަށް ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނެވެ.
[ޚިޔާލެއް ނުކުރަން. މަންމާ ކޮބައިތަ މިއަދުނޫސް.] ސީނާ ބުންޏެވެ.
[މަންމައަށް ހީވަނީ މެދުގޭތެރޭ އުނދޯލީގައިހެން. އަންނާނަން ނޫސް ހިފައިގެން.] އަމީނާ މެދުގޭތެރެއާ ދިމާއަށް ހިނގައިގަތެވެ.
[ކޮންތާކަށް؟] މިހާދުގެ މަންމަ ނަސީމާ ވާހަކަ ދެއްކީ މިހާދާއެވެ. ގެއިން ނުކުމެ ނުކުމެހުރި މިހާދު، މަންމަގެ އަޑަށް ހުއްޓުނެވެ.
[ދުއްވާލަން ދާން ކަމަށް. އަހަރެން މިސްކިތަށްވެސް ދާނަމޭ.] މިހާދު ހިނިތުންވެލަމުން މިހެން ބުނެފައި ނުކުތެވެ.
މިހާދުގެ ކާރު މަޑުމަޑުން ތަފާތު މަންޒަރުތައް ފަސްދެމުން ދިޔައެވެ. ވަކި މިޞްރާބެއްނެތި ދުވިޔަސް، އޭނާ ބޭނުންވާ މަންޒިލެއްވެއެވެ. އެމަންޒިލް އަތުވަންދެން އޭނާ ބޭނުންވަނީ ދުއްވާށެވެ. މިހާރު ސޯސަންމަގުގެ ޓްރެފިކް ލައިޓް ހުރަސްކޮށް، ހެންވޭރުކޮޅާ ދިމާއަށް ދަތުރުކުރަމުން ގޮސް، ހެދިގޮނޑުދޮށާ ދިމާގައި އޭނާ ކާރު ޕާކްކުރިއެވެ. ޓްރެފިކް ލައިޓް ކައިރިން ފެނުނު ޖާދުވީ ރާނީ އޭނާއަށް ދެވަނަފަހަރަށް ފެނުނީ އެވަގުތުއެވެ. އޭރު އެ އަންހެން ކުއްޖާ އިތުރު ދެއަންހެން ކުއްޖަކާއެކު ދުވާރުމަތިން ހިނގަމުންއައިސް، އޭނާ ޕާކްކުރި ކާރާ އަރާހަމަވަނީއެވެ. މިހާދު ދޮރު ހުޅުވާފައި ކާރުން ފައިބައިފިއެވެ.
[އައްސަލާމް ޢަލައިކުމް.] މިހާދު އެކުދިންގެ ސަމާލުކަން އަތުލުމުގެ ޤަޞްދުގައި ސަލާމަށް އަތްދިއްކުރިއެވެ. ނަމަވެސް، އޭނާ ދިއްކުރި އަތުގައި ހިފީ އޭނާގެ ހިތްއެދޭ ކުއްޖާއެއް ނޫނެވެ.
[ވަޢަލައިކުމުއްސަލާމް، ކާކު!؟] ސަލާމްކުރި ކުއްޖާއަށް މަޑުމަޑުން އަހާލެވުނެވެ.
[މިހާދު....ތި ތިން ކުދިންގެ ތަޢާރަފެއް ދީފާނަންތަ؟] އަމިއްލައަށް ތަޢާރަފްވުމަށްފަހު، މިހާދު އެކުދިންގެ ތަޢާރަފަށް އެދުނެވެ. ހުރިހާ ކުދިންގެ ތަޢާރަފްދިނީވެސް ސަލާމްކުރި ކުއްޖާއެވެ.
[އަހަންނަށް ކިޔަނީ މުނާ. ދެން މިއިނީ އަހަރެންގެ ބެސްޓް ފްރެންޑް ޝިފާ. އަހަރެންގެ ކޮއްކޮ ނަދުވާ.] މުނާ ފަހަރަކު ކުއްޖަކާ ދިމާއަށް އިނގިލި ދިއްކޮށްފައި ތަޢާރަފްދިނެވެ.
[ކޮންތާކަށް ތިދަނީ؟ ލިފްޓެއް ދެންތަ؟] މިހާދުގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާއަށް ހިތް އެދޭ މަލިކާގެ ނަންވެސް އެނގުނެވެ.
[ނޫން....ވަރަށް ބޮޑަށް ޝުކުރިއްޔާ. މިއީ ހަމަ ފަލަވެދާނެތީ ހިނގާ ހިނގުމެއް.] މިފަހަރު ވާހަކަ ދެއްކީ، އެކުއްޖެއްގެ އަޑު އަހާލުމަށް މިހާދުގެ ކެތްތެރިކަން ކުޑަވެފައިވާ އަންހެން ކުއްޖާ، އާދެ! ޝިފާއެވެ. މިހާދަށް ޝިފާގެ މޫނަށް ބަލަހައްޓައިގެން ގަނޑުވެފައި ކަހަލަ ގޮތަކަށް، ހިނދުކޮޅެއް ވަންދެން ހުރެވުނެވެ.
[ދަނީ....] ޝިފާ ލުއި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެން ހުރެ ހިނގައިގަތެވެ. މިހާދު ކާރަށް އަރައިގެން ޝިފާމެންގެ ފަހަތުން ދުއްވާލިއެވެ. އޭނާ ބޭނުންވަނީ ޝިފާމެން އެދާ ތަނަކަށް ދެވެންދެން ޝިފާމެންގެ ފަހަތުން ދިޔުމަށެވެ. ނަމަވެސް، ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ މާޔޫސްވެއްޖެއެވެ. ޝިފާމެން ހެދިގޮނޑުދޮށާ ދާދި ކައިރީގައި ހުރި ގެއަކަށް ވަނެވެ.
އެހެން ނަމަވެސް، އޭނާ އުއްމީދު ކަނޑާލާކަށް ޤަޞްދެއް ނުކުރިއެވެ. އަނެއްކާވެސް އޭނާ ކާރު ޕާކް ކުރިއެވެ.
މިހާދަށް ފޫހިކަމެއްނެތި ކާރުތެރޭ އިނދެވުނަސް، ގަޑިތަކުގެ ކަށިތައް އޭގެ ވާޖިބު އަދާކުރަމުންދެއެވެ. އެގޮތަށް ފޫހިކަމެއްނެތި، ޝިފާމެން ވަން ގޭގެ ދޮރާއްޓާ ދިމާއަށް އޭނާ ނަޒަރު ހުއްޓައިގެން އިންނަތާ ގަޑިއެއްހާއިރު ފަހުން ދޮރާށި ހުޅުވާފައި ޝިފާ ނުކުތެވެ. ކުރީގައި ތިބި ބައިވެރިންނާނުލާ އެކަންޏެވެ. މިހާދު ކާރު ދުއްވާލީ ޝިފާ އެކަނި ހިނގައިގަތުމުންނެވެ. އޭނާ މަޑުމަޑުން ދުއްވައި، ޝިފާއާ ދާދި ގާތަށް ކާރު މަޑުކުރިއެވެ. ޝިފާ ސިހިފައި އެނބުރުނެވެ. ނަމަވެސް އޭނާ ހުއްޓުނީ މިހާދު ގޮވީމައެވެ.
[ޝިފާ އެކަނިތަ؟ އަރަންވީނު ކާރަށް.] މިހާދު ޝިފާ ހުއްޓުވިއެވެ. ޝިފާ ހުއްޓި މިހާދުގެ މޫނަށް ބަލައިލިއެވެ.
]ނާރާނަންތަ؟] މިހާދު ސީދާ ޝިފާގެ ލޮލަށް ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ. ޝިފާ ބޯޖަހާލިއެވެ.
ކިހިނެއްވީ؟] މިހާދު މާޔޫސީ ގޮތަކަށް އެއްސެވެ.
[ތިއީ އަހަރެން ނުވެސް ދަންނަ މީހެއް. ޓެކްސީއެއްނަމަ، ދިހަރުފިޔާ ދީފައި އެރީމުސް.] ޝިފާ ހިނގައިގަތެވެ.
[ޝިފާ އަދި ކުޑައިރުކޮޅަކަށް މަޑުކޮށްފާނަންތަ؟] މިހާދު އާދޭހުގެ ރާގަކަށް ބުންޏެވެ. ޝިފާ ހުއްޓުނެވެ.
[ޝިފާ....އަހަރެން ވާހަކައެއް އަހާލަންތަ؟] މިހާދު ޝިފާގެ ކުރިމަތީގައި އޭނާގެ ހިތް ހުޅުވުމަށްޓަކައި މަސައްކަތް ކުރިއެވެ. ނަމަވެސް ފަހުން އޭނާގެ ޚިޔާލު ބަދަލުވިއެވެ.
[ނޫނޭ...އެހެން ފަހަރަކުން. ފަހުން ބައްދަލުވެދާނެތަ؟] މިހާދު ބުންޏެވެ.
[ނޭނގެ.....] ފަރުވާކުޑަ ރާގަކަށް ޝިފާ ޖަވާބުދިނެވެ.
[ތިފޯނުގެ ނަންބަރު ދީފާނަންތަ؟] މިހާދު ޝިފާގެ އަތުގައި އޮތް މޯބައިލް ފޯނަށް އިޝާރާތް ކޮށްފައި ބުންޏެވެ. ޝިފާ ކުޑަކޮށް ފަސްޖެހޭގޮތްވި ނަމަވެސް، އޭނާ ނަންބަރު ދިނެވެ. މިހާދުގެ ހިތް އުފަލުން ފުރިގެން ބަންޑުންވީ ކަހަލައެވެ.
[ތޭންކްސް.....] ލިބުނު ހިތްހަމަޖެހުމާއެކު މިހާދު ކާރު ދުއްވާލިއެވެ. ޝިފާ ހިނގާފައި ގޮސް، ޖެހިގެން ހުރި ގޯޅި އެޅިއެވެ.
**************************
"ފިނިނޭވާ" ވާހަކަ އެއްކޮށް ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން މިފޮތް ބައްލަވައިގަންނަން ބޭނުންނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު