އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަރުގެ ހިންގުންތެރި މީހަކު އެޕާޓީއަށް ނުލިބޭނެ ކަމަށް އެޕާޓީގެ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމައްތަ) ބުނެފިއެވެެ.

ނައީމާ މުހައްމަދު މަޝްހޫރު ނަމުންނަމަ, ނައީމައްތައަކީ އެމްޑީޕީން ފެށި އިސްލާހީ ހަރަކާތްތަކާއި ބޭއްވި މުޒާހަރާ ތަކުގައި އެންމެ އިސް ސަފުގައި މިއަދާއި ހަމަޔަށް ވެސް ދެގޮތެއް ނުވެ ހުރި، ނަމޫނާ ދައްކަމުންދާ ޕާޓީގެ ވަރުގަދަ ސަޕޯޓަރެކެެވެ. މިމަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރާ ފައްޔާޒު އިސްމާއިލަށް ތާއިދުކުރާކަން ހާމަކޮށް ނައީމާއައްތަ ބުނީ، ފައްޔާޒަށް ވުރެ އަޚުލާގު ރަނގަޅު ހިންގުންތެރި މީހަކު އެޕާޓީއަށް ނުލިބޭނެ ކަމަށެވެ.



"ވަރަށް ސާފުކޮށް މި ބުނަނީ ފައްޔާޒު އިސްމާއިލް ކަހަަލަ އަޚުލާގު ރަނގަޅު މީހަކު... ވަކި އިންތި އެއްވެސް ގޯހެއް ނުވާނެ، އެކަމަކު ފައްޔާޒުހާ ހިންގުންތެރި މީހަކު ނުލިބޭނެ." ކުރީގެ ރައީސް ޔާމިންގެ ސަރުކާރާއި ދެކޮޅަށް އެމްޑީޕީއާއި އިދިކޮޅު އިއްތިހާދުން ކުރި މުޒާހަރާތަކުގައި އެތައް ފަހަރަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސް ހައްޔަރަށް ވެސް ގެންގޮސްފައިވާ ނައީމާއައްތަ، ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމާއެެކު ހިއްސާކުރި ވީޑިއޯއެެއްގައި ބުނެފައިވެއެވެ.

ނައީމާއައްތަ، ބުނީ ފައްޔާޒު އިސްމާއިލް 90 ޕަސެންޓް މަތިން ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. ފައްޔާޒު މަގާމަށް އިންތިޚާބު ކުރުމަށް ކުރާ މަސައްކަތުގައި އެންމެ ތަންކޮޅެއް ވެސް ދޫނުކުރާނެ ކަމަށް ނައީމާއައްތަ ބުންޏެވެ.

"ސީދާ ނަގާނެ މީތި ވަރަށް ރީތިކޮށް މިބުނީ ޖެހިލުމެއް ނެތި ނަގާނެ، 90 ޕަސެންޓް ނަގާނެ އިތުރު ވާހަކައެއް ބޭނުމެއް ނެތް ފައްޔާޒު އިންތިޚާބު ނަގާނެ ކަން ޔަގީން އަހަރެމެން މިތިބީ ދޫދޭކަން ނޫން." ލ. ގަމަށް ނިސްބަތްވާ ނައީމާއައްތަ ބުނެފައިވެެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.



ކިޔުންތެރިންގެ ހިޔާލު


3

ާްއަބޭ

06-May-2022

އަހަރެންގެ ސުވާލަކީ ތިޔަބުނާ ފައްޔާޒް ނައީމއްތަޔާ އެކު ކިހާ ދުވަހެއްވަންދެން ހިންގާލިހޭ ، ނޫނީ ވިޝާމް މެދުވެރިވެ ކިހާވަރެއްތޯ ލިބުނީ