މައްސަލަ ފެށުނީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނުން ލަސް ކުރީ ކަމަށް ރިޔާސަތުން ވިދާޅުވި ހިސާބުންނެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކުގެ ސަބަބުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރުޅިގަދަވެ ރޭގެ ޖަލްސާގައި އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ. އެއާއެކު ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ. އެހެން ނަމަވެސް ޝިޔާމް ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ.
އެހާހިސާބުން ޝިޔާމް ތަޅުމުން ނެރުމުން ރިޔާސަތުން އެންގެވީ ސާޖަންޓް އެޓް އާމްސްއަށެވެ.ސާޖެންޓް އެޓް އާމްސް ޝިޔާމް ބޭރަށް ނެރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޝިޔާމްގެ ގައިކޮޅަށް އަތްލައްވައި ޝިޔާމްގެ ގަމީސްވެސް ވީދާލާފައެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވަރަށް ނުރުހިފައި ތިއްބަވައިގެން ޝިޔާމް ވަށާލައި އަޑު ގަދަ ކުރައްވައި ޝިޔާމާއި އެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއްވެސް ވަނީ ބަދަލުކުރެވިފައެވެ.
އެންމެ ފަހުން ޝިޔާމް ތަޅުމުން ނެރުނީ އެމްޑީޕީގެ ބައެއް މެންބަރުން އޭނާގެ ގައިގާ އަތްލައި އޮޅުލައިގެން ކަހަލަ ގޮތަކަށެވެ. ކޮއްޕާ "ގަޅުވާ" ދަމާ ދޮރުން ނެރެ ބޭރުކޮށްލިއެވެ. ޝިޔާމު ދޮރުން ބޭރުކޮށްލުމަށްފަހު އަތްފޮޅާލައްވަމުން އެތެރެއަށް ވެންނެވި މެންބަރުން ވަރަށް ހިނިތުން ވެލައްވާފައި އެއޮތީ ނެރެލާފައޭ ވެސް ވިދާޅުވާ އަޑު ސޯޝަލް މީޑިއާގައި ހުރި ބައެއް ވީޑިއޯތަކުން އިވެއެވެ.
މި އޮޅުލާ ހިފި ހިފުމުގެ ތެރޭގައި އެއްގޮތަކަށް ވެސް މަޖިލިސް ބާއްވަން ހުއްދަކުރި އުސޫލުތަކެއް ވެސް މެންބަރުން ހަދާނެއް ނެތެވެ. ގައިދުރު ކަމެއް ނެތެވެ. މާސްކަކާ މާސްކެއް ނެތެވެ. އެކަކު އަނެކަކު ބީހި އަތްޕުޅު ކައްވާ ގައިގޯޅިވެ ހެއްދެވިއެވެ. އެ ސަކަރާތަށްފަހު ދެން އަވަހަށް ރައްކާތެރިވާން ކުރައްވަން ޖެހޭ ކަންކަމެއް ވެސް ނުކުރައްވައެވެ.
އެކަންތައްގަނޑުގެ ތެރޭގައި މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ރިޔާސަތުގެ ބޭރުގައި ޖަހާފައިވާ ފެންސު ކައިރިއަށް އަށް ވަޑައިގެން ޝިޔާމް ތަޅުމުން ނެރުމަށް އަންގަވައި ސާޖެންޓް އެޓް އާމްސް އާއި މެމްބަރުންނަށް އިރުޝާދު ދެއްވި މަންޒަރު ފެނިގެންދިޔައެވެ.ނޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމަށް އެމްޑީޕީގެ މެމްބަރުންގެ އިތުރުން ސާޖަންޓް އެޓް އާމް ވެސް މަސައްކަތް ކުރައްވަމުންދިޔައެވެ. އެހެން ނަމަވެސް ސާޖަންޓް އެޓް އާމްސް އެކަނި އެކަންނުވުމުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެގެންދިޔައެވެ. އޮޅުލާ ހިފީއެވެ.
ޝިޔާމް މަޖިލީހުގެ ތަޅުމުން ގަދަކަމުން ނެރުމަށް އެމްޑީޕީގެ މެމްބަރުން އޭނާ ވަށާލައިގެން ތިބެ ކުރި މަސައްކަތްތަކުގައި ބައެއް މެމްބަރުން ވަނީ ޒަޚަމްވެފައެވެ. ބައެއް މެމްބަރުންގެ ތަންތަނުން ލޭ ކޮށައިގެން ގޮސްފައިވާ ފޮޓޯތަކެއް އާންމުވެފައިވެއެވެ. ވާނީ ވެސް އެހެންތާއެވެ. ބާރުގަދަ ފިރިހެނުން ތަކެއް ތަނެއް ދޮރެއް ނުބައްލަވާ، ހިފޭ ނުހިފޭ ތަނެއް ވެސް ނުބައްލަވާ ދަންވަރު ޖެއްސެވި ސަކަރާތެއްގައި އެފަދަ ކަންކަން ވެސް ހިނގާނެ ތާއެވެ.
ޝިޔާމު ދޮރުން ނެރެ ބޭރަށް "އެއްލާލަންދެން" ނަޝީދު ގެންދެވީ އެކަން ކުރިއަށް ގެންދަން ހިތްވަރު ދެއްވަމުން ކަން ބައެއް މެމްބަރުން ނަންގަވާފައިވާ ވީޑިއޯތަކުން ފެނެއެވެ. އެ ހަމަނުޖެހުމުގައި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ އަށް ޝިޔާމް ހަމަލާ ދެއްވި ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވެއެވެ. މީގެ އިތުރުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އަށް އިދިކޮޅު މެމްބަރުންގެ ފަރާތުން އަނިޔާ ލިބިފައިވާ ކަމަށް އެމްޑީޕީ އިން ތުހުމަތުކުރެއެވެ. ޝިޔާމު ނެރެ ބޭރަށް ލުމަށްފަހު ޖަލްސާ އަލުން ފަށްޓަވައިގެން އުޅުއްވި އިރު ބައެއް މެންބަރުންގެ ތަންތަނަށް ތަދުވާތީ އުޅުއްވާ މަންޒަރުވެސް ފެނިފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެމްބަރެއް ކަމަށްވާ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް، ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިޒާމާ ހިލާފުވެގެން މެމްބަރެއްގެ ނަން އިއްވައިފި ނަމަ އެ މެމްބަރަކު މަޖިލިސްގެ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ނުނިކުމެއްޖެނަމަ އެކަން ކުރަންޖެހޭ ގޮތް މަޖިލީހުގެ ގަވާއިދުގައި އޮންނަ ކަމަށް އުޝާމް ވިދާޅުވިއެވެ.
"ގަވާއިދާ ޚިލާފަށް މަޖިލީހުގެ މެމްބަރުންގެ މެދުގައި ހަމަނުޖެހުމެއް ހިންގުމަށް ހިތްވަރު ލިބޭގޮތަށް ރިޔާސަތުން އަމަލު ކުރުމަކީ ދެރަކަމެއް." ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް، އުޝާމް ވިދާޅުވިއެވެ.
ޓްވިޓާގައި މިކަމާ ދެކޮޅަށް ވަކާލާތު ކުރާ މީހުން ބުނަމުން ގެންދަނީ މިއީ ހުތުރުވެގެންވާ އަމަލެއް ކަމަށެވެ. ބައެއް މީހުން ސިފަކޮށްފައިވަނީ މިއީ ބިޔަ މެޖޯރިޓީ އޮތީމާ ބާރު ދައްކާލީ ކަމަށެވެ. އެމްޑީޕީގެ މެންބަރުން ހިންގި ކަންކަމަށް ތާއީދު ކުރާ މީހުން ބުނީ އެއީ ފޮޓޯ ނަގަން އިދިކޮޅުން ޖެއްސި ގޭމެއް ކަމަށެވެ. ދެކޮޅަށް ވެސް ވާހަކަ ދެކެވިދާނެއެވެ. އެކަމަކު އެއީ ހަމަ ވަރަށް ހުތުރު އަމަލެކެވެ. ވަކި ބައެއްގެ ފުރިހަމަ ބާރު އޮވެގެން ވަރަށް ރީތިކޮށް ދިޔަ މަޖިލީހަކުން ފެނުނު ހުތުރު އަމަލެކެވެ. ޖެހުނު ލައްގަނޑެކެވެ. މާދަމާ އަނެއް ކޮޅަށް ތަކުރާރު ވެދާނެ އަމަލެކެވެ.
މި ހަމަނުޖެހުމުގެ ތެރޭގައި މަޖިލީހުގެ ނައިބްރައީސް އީވާ ޢަބްދުﷲގެ ވަރަށް ތަފާތު މަންޒަރެއް ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގެ ތެރޭގައި އެބަ ދައުރު ވެއެވެ. އެ ވިޑިއޯގައި ފެންނަ ކަމަށް މީހުން ސިފަ ކުރަނީ އީވާ ކޮޅުފައިން މެންބަރެއްގެ ގައިގާ ޖައްސަވާ މަންޒަރު ކަމަށެވެ. އެ ވާހަކަ ދިފާޢު ކުރި އަޑެއް ނާހަމެވެ. އެހެން ވެއްޖެއްޔާ އެއީ ދެން ދުވަހަކު ވެސް ފިލާނެ ލައްގަނޑެއް ނޫނެވެ. ހުތުރު އަމަލެއްގެ އިތުރުން އެހެން ގޮތަކަށްވެސް ހިނގައިދާނެ ކަމެކެވެ.
މަޖިލީހުގައި ރޭގައި ހިނގަ ދިޔަ މިކަންތައްތަކައި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އެންގިޔަސް މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުން ނެރުމުގައި އެހެން މެންބަރުންނަށް ބައިވެރިނުވޭނެ ކަމަށާއި އެއީ ކުށެއް ކަމަށެވެ.
ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ތަޅުމުގައި މެންބަރުން މާރާމާރީ ހިންގުމަކީ އެއްވެސް މެންބަރަކަށް މަޖިލީހުގެ ގަވާއިދުން ލިބިދީފައިވާ އިމްތިޔާޒެއް ނޫން ކަމަށެވެ. ރޭގައި މަޖިލީހުގައި ހިނގާފައި ވަނީ ދެރަވަރު ހާދިސާއެއް ކަމަށާއި، އެއީ ހުތުރު އަދި ލަދުވެތި އަމަލު ތަކެއްގެ ގޮތުގަައި މުހުތާޒު ސިފަކުރެއްވިއެވެ.
މަޖިލީހުގެ ތަޅުމުގައި ރޭ ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށާއި އދ. އަށް ވެސް ހުށަހަޅަން އިދިކޮޅުން ޕީޕިއެމް ވަނީ ނިންމައިފަ އެވެ.
ރޭގެ ޖަލްސާ ނިއްމާލެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އިދިކޮޅުން ރޭވި އިހުތިޖާޖު ރަނގަޅަށް ކުރިއަށް ނުގެންދެވުނު ކަމަށާއި، އެ އިހުތިޖާޖު ނުކުރެވުނީ އެކަން ރާވާފައި ނެތުމުން ކަމަށެވެ.
"އެ ބޭފުޅުންގެ އިހުތިޖާޖް އެ ބޭފުޅުން އުންމީދު ކުރި ގޮތަށް ހިނގާ ނުދިޔައީ. އެ ބާވަތުގެ ކަންކަން އެހެން ހިނގަނީ އިހުތިޖާޖުވެސް ނުރާއްވަވާތީވެ. އަޅުގަނޑުގެ އިލްތިމާސަކީ އެއްވެސް ބާވަތެއްގެ ސިޔާސީ ހަރަކާތެއް ވެއްޖެއްޔާ ދެތިން ކުޅި ކުރިއަށް ވިސްނަވާލައްވާފަ ނޫނީ އެކަންކަމުގެ ތެރެއަށް ނުކުމެވަޑައިނުގަތުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދަށް ބަލާއިރު ދެ ފަރާތުން ވެސް ކަން ކޮށްފައިވާ ގޮތް ރަނގަޅު ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭނަމަ މެންބަރުގެ ނަން އިއްވުމަށް ފަހު ތަޅުން ދޫކުރައްވާ ވަޑައިގަންނަވަން ރިޔާސަތަށް އެންގޭނެއެވެ. އެއާ ޚިލާފަށް އަމަލު ކުރުމަކީ މަޖިލީހުގެ ނިޒާމް ގެއްލި މެމްބަރުންގެ މެދުގައި ހަމަނުޖެހުމަށް ޖާގަ ލިބުމަށް ހުޅުވޭ ދޮރަކަށް ނޫނީ ނުވާނެއެވެ.
މީގެ ކުރިން ނަންއިއްވާ މެމްބަރުން ނެރެނީ ސެކިއުރިޓީ ބަލަހައްޓާ ސިފައިންނެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު އެހެން މެމްބަރުން މެދުވެރިކޮށް، ރިޔާސަތުން ނަން އިއްވާ މެމްބަރު މަޖިލީހުން ގަދަކަމުން ނެރެން އުޅުއްވާ ނަމަ މިއަށް ވުރެ ބޮޑެތި ހަމަނުޖެހުންތައް ހިނގައި ބޮޑެތި އަނިޔާތަކެއް ލިބުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
ރިޔާސަތުގެ ޢަމުރަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގާބިލްކަން މެމްބަރުންގެ ކިބައިގައި ހުންނަން އެބަޖެހެއެވެ. ގައިދުރުކަން ބަހައްޓައިގެން ބާއްވަން އެޗްޕީއޭގެ ޚާއްޞަ ހިއްދައެއްގެ ދަށުން ބޭއްވި ޖަލްސާގައި މެމްބަރުން ސުލޫކީ މިންގަނޑުން ބޭރުވެ ގަޔަށް ލޮލަށް ބޮލަށް އަރައި ހަމަނުޖެހުން ހިންގުމަކީ ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ މަންދޫބުން ރައްޔިތުންނަށް ރިވެތި ނަމޫނާ ދައްކަވާށެވެ. އެފަދަ ކަންކަން ތަކުރާރު ނުކުރައްވާށެވެ. އެމްޑީޕީން މަޖިލީހަށް ވަދެ ތިޔަ ތިބީ ތާރީޚުގައިވެސް ދެން ނުލިބޭނެ ފުރުސަތެއްގައި މަޖިލީހުގެ ތެރެއިން އެހެން ބައެއްގެ ތާއީދާއި ރުހުން ބޭނުން ނުވާ ވަރުގެ ބާރާއި އެކުގައެވެ. އެހެންވީމާ އެ ސަޅި ރެކޯޑް ސަޅި ގޮތުގައި ރީތި ކޮށް ދަމަހައްޓަވައިގެން މިފަސް އަހަރު ނިންމަވާލައްވައި ނަމޫނާ ދައްކަވައި ރައްޔިތުންގެ ލޯބި އިތުރަށް ހޯއްދަވައިގެން އިތުރު ރެކޯޑެއް ހައްދަވަން މަސައްކަތް ކުރައްވާށެވެ.

There is a process for removing MPs. The Speaker calls the MP to leave 3 times, & @MNDF_Official removes them. @Abdulla_Shahid did it numerous times. But this was a mob brawl, unworthy of our legislature. It is shaming, and we deserve better. @mvpeoplesmajlis should do better. pic.twitter.com/m4tZAGfv2s
— Alaan (@MVGone) June 1, 2020
މީގެ ކުރިން ނަންއިއްވާ މެމްބަރުން ނެރެނީ ސެކިއުރިޓީ ބަލަހައްޓާ ސިފައިންނެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު އެހެން މެމްބަރުން މެދުވެރިކޮށް، ރިޔާސަތުން ނަން އިއްވާ މެމްބަރު މަޖިލީހުން ގަދަކަމުން ނެރެން އުޅުއްވާ ނަމަ މިއަށް ވުރެ ބޮޑެތި ހަމަނުޖެހުންތައް ހިނގައި ބޮޑެތި އަނިޔާތަކެއް ލިބުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
ރިޔާސަތުގެ ޢަމުރަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގާބިލްކަން މެމްބަރުންގެ ކިބައިގައި ހުންނަން އެބަޖެހެއެވެ. ގައިދުރުކަން ބަހައްޓައިގެން ބާއްވަން އެޗްޕީއޭގެ ޚާއްޞަ ހިއްދައެއްގެ ދަށުން ބޭއްވި ޖަލްސާގައި މެމްބަރުން ސުލޫކީ މިންގަނޑުން ބޭރުވެ ގަޔަށް ލޮލަށް ބޮލަށް އަރައި ހަމަނުޖެހުން ހިންގުމަކީ ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ މަންދޫބުން ރައްޔިތުންނަށް ރިވެތި ނަމޫނާ ދައްކަވާށެވެ. އެފަދަ ކަންކަން ތަކުރާރު ނުކުރައްވާށެވެ. އެމްޑީޕީން މަޖިލީހަށް ވަދެ ތިޔަ ތިބީ ތާރީޚުގައިވެސް ދެން ނުލިބޭނެ ފުރުސަތެއްގައި މަޖިލީހުގެ ތެރެއިން އެހެން ބައެއްގެ ތާއީދާއި ރުހުން ބޭނުން ނުވާ ވަރުގެ ބާރާއި އެކުގައެވެ. އެހެންވީމާ އެ ސަޅި ރެކޯޑް ސަޅި ގޮތުގައި ރީތި ކޮށް ދަމަހައްޓަވައިގެން މިފަސް އަހަރު ނިންމަވާލައްވައި ނަމޫނާ ދައްކަވައި ރައްޔިތުންގެ ލޯބި އިތުރަށް ހޯއްދަވައިގެން އިތުރު ރެކޯޑެއް ހައްދަވަން މަސައްކަތް ކުރައްވާށެވެ.
ކިޔުންތެރިންގެ ހިޔާލު