ބައި މިލިއަން ރުފިޔާގެ ޑްރަގްސް މައްސަލާގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ރޭ ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ ގެނައި ޕާރުސަލެއްގެ ތެރެއިން 1.363 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. ކަސްޓަމުން ބުނީ އެ ޕާރްސަލް ބަލާ ފާސްކުރުމުގެ ތެރޭގައި ފުރަތަމަ މަރުހަލާގައި ކަސްޓަމުން ތަހުލީލުކުރި އިރު، އޭގައި ހުރި ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފަޓަމައިނަށް ވަނީ ޕޮޒިޓިވް ވެފައިކަމަށެވެ.
ފުލުހުން ބުނީ އެމައްސަލާގައި 18 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަ ކޯޓުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މިމަސްތުވާތަކެތީގެ މަގުމަތީ އަގު ބައިމިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ކަސްޓަމްސް ސަރވިސުން ވަނީ ބުނެފައެވެ.
ރާއްޖެއަށް ވައިގެމަގުން ދޭތެރެ ދޭތެރެއިން މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރެއެވެ. އެގޮތުން އެފަދަ ބައެއްފަހަރުތަކުގައި ޕާޓީ ޑްރަގްސް އެތެރެ ކުރުމުގެ މައްސަލަތައް ފަޅާ އަރައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު