މޫސުން ގޯސްވެ ރާއްޖޭގެ ދެކުނުގެ ފަސް އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން މިއަދު ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. އޭގެ އިތުރުން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 9:15 އިން ފެށިގެން މެންދުރު ފަހު 14:00 އާ ހަމައަށް ކަމަށެވެ. މި ވަގުތުގެ ތެރޭގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.
ހަމައެއާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިދުވަސްވަރަކީ ކަނޑުގަދަ ދުވަސްވަރެއްކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށްވެސް މެޓް އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު