މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް މިއަހަރު ފަށާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ރޭ ވިދާޅުވީ، މާލޭގައި ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރާނެ ކަމަށެވެ. އެކަމަށް މިހާރު އެންވަޔަރަމަންޓް މިނިސްޓްރީގެ ހުއްދަ ލިބިފައިވާ ކަމަށާއި އަދި އެކަމަށް ބިމެއް ހޯދުމަށް ސިޓީ ކައުންސިލާއެކު މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަވިން ހަކަތަ އުފެއްދުމުގެ މަސައްކަތް އެކުންފުނިން ވަރަށް ގިނަ ރަށްރަށުގައި މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގައިވެސް ބައެއް ގޭގޭގެ ފުރާޅު ކުއްޔަށް ނަގައިގެން ސޯލާ ހަރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކުއްޔަށް ނަގާ އަދަދު އެ އިމާރާތެއްގެ ކަރަންޓުބިލުން އުނިކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، ސްޓެލްކޯއަށް އެންމެ ގިނައިން ލިބޭ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓް ބިލު ބޮޑުވާ މައްސަލަ ކަމަށެވެ. އެކަމުގައިވެސް ސަބަބުތަކެއް ހުރިކަން ފާހަގަކުރަށްވައި ޝަރީފް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވުމާއި ގުޅިގެން ކަރަންޓުން ކުރާ ބޭނުންތައް އިތުރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ކަރަންޓް އިގްތިސާދު ކުރުމަށްވެސް ސަމާލުކަން ނުދެވޭކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ޗާޖް ނުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދޮޅުއަހަރެއްހައި ދުވަހުގެ ތެރޭގައި ސްޓެލްކޯއަށް ކަރަންޓުން ނޫން ގޮތްގޮތުން އާމްދަނީ ލިބޭނެ ކަމަށާއި އެގޮތުން ސްޓެލްކޯގެ ހިދުމަތް ފުޅާކުރުމަށް މިހާރުވެސް ޕްލޭންތަކެއް އެބަހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު