ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ޅ. އަތޮޅު މާފިލާފުށްޓާ ދިމާ ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހަމަލާ ދީގެން އެކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށްޓަކައި ޅ. އަތޮޅު ހޮސްޕިޓަލުގެ ޓީމަކާއެކު ކޯސްޓްގާޑު އެ ދޯނި އޮތް ސަރަހައްދާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ ހަމަލާ ލިބުނު މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
މަސްވެރިޔާއަށް ލިބުނު އަނިޔާގެ ތަފްސީލާއި އަނިޔާ ލިބުނީ ކޮން ދޯންޏެއްގެ މަސްވެރިއަކަށް ކަން އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
މިޔަރު ހިފުމާ މިޔަރު ބޭނުން ރާއްޖޭގައި މަނާކޮށްފައިވާތާ އެތައް ދުވަހެއް ވެފައިވާއިރު ރާއްޖެ ސަރަހައްދުގެ ކަނޑުތަކުގައި މިޔަރުގެ އުނދަގޫ ބޮޑުވަމުން އަންނަކަން ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު