އެމްޓީސީސީން ފޯރުކޮށްދޭ ބަހުގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ބަސްތައް މާލެ ގެނެސްފިއެވެ.
މި ބަސްތަކަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަށް ހާއްސަކޮށްގެން ގެނައި ބަސްތަކެއްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.
ފޭސް ދޭކަށް ބަހުގެ ޚިދުމަތް ދިނުމަށް ޙަވާލުކޮށްފައިވާ ސަރުކާރުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނި އެމްޓީސީސީން މީގެ ކުރިން ބުނެފައިވަނީ މިއަހަރުގެ އޮގަސްޓުމަހުގެ ކުރިން މާލެއިން، ހުޅުމާލެ ފޭސްދޭކަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. ބަހުގެ ޚިދުމަތް މިހާރު ފޯރުކޮށްދެނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އެމްޓީސީސީން ފޯރުކޮށްދެމުންގެންދާ ބަހުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ބަސްތައް ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އަންނަމަހުން ފެށިގެން މި ބަސްތަކުގައި ދަތުރުތައް ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެ ބަސްތަކުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ނިންމެވުމާ އެއްގޮތަށް ގެނައި ބަސްތަކެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ހިޔާ ފްލެޓް ސަރަޙައްދަށް މިހާރުވެސް ބަހުގެ ޚިދުމަތް ފޯރުކޮށްދިން ނަމަވެސް އެޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދޯދިޔާކަމުގެ ސަބަބުން ޢާއްމުންގެ ޝަކުވާވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަލަށް މިގެނައި ބަސްތަކާއެކު އެ ޝަކުވާތަކަށް ޙައްލެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޢިމާރާތްކުރެއްވި ހިޔާ ފްލެޓްތަކަށް މި ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ ޝަކުވާގެ އަޑުތައް ގަދަވެފައިވާއިރު ހިޔާފްލެޓްތަކުން ކުނި އުކާލުމުގައި އެކަށީގެންވާ ނިޒާމެއް މިއަދާހަމައަށްވެސް ޤާއިމްކުރެވިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ހިޔާ ސަރަޙައްދުގައި ކުނި ޖަމާވެ ދޭތެރެދޭތެރެއިން ކުނިތަކުގައި ރޯވުމުގެ ޙާދިސާތައްވެސް ވަނީ ހިނގާފައެވެ.
މީގެ އިތުރުން ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންތައްތައް ނުބެލެހެއްޓޭކަމުގެ ޝަކުވާގެ އަޑުވެސް ވަނީ ގަދަވެފައެވެ.

Hulhumale phase 2 ge hiya flat thakuga dhiri ulhey raiyyithunnah dhimaavefaavaa dhathuru fathuruge dhathikamah Raees @ibusolih ge irushaadhuge dhashun dhaaimee hahleh hoadhaa dhinumah beynunvaa bus thah male’ port ah beylun. June 2022 hihfashey dhathuru thah fesheyne. @MTCCPlc pic.twitter.com/inm07p0QvK
— Adam Azim (@adamazim) May 11, 2022
ހިޔާ ފްލެޓް ސަރަޙައްދަށް މިހާރުވެސް ބަހުގެ ޚިދުމަތް ފޯރުކޮށްދިން ނަމަވެސް އެޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދޯދިޔާކަމުގެ ސަބަބުން ޢާއްމުންގެ ޝަކުވާވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަލަށް މިގެނައި ބަސްތަކާއެކު އެ ޝަކުވާތަކަށް ޙައްލެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޢިމާރާތްކުރެއްވި ހިޔާ ފްލެޓްތަކަށް މި ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ ޝަކުވާގެ އަޑުތައް ގަދަވެފައިވާއިރު ހިޔާފްލެޓްތަކުން ކުނި އުކާލުމުގައި އެކަށީގެންވާ ނިޒާމެއް މިއަދާހަމައަށްވެސް ޤާއިމްކުރެވިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ހިޔާ ސަރަޙައްދުގައި ކުނި ޖަމާވެ ދޭތެރެދޭތެރެއިން ކުނިތަކުގައި ރޯވުމުގެ ޙާދިސާތައްވެސް ވަނީ ހިނގާފައެވެ.
މީގެ އިތުރުން ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންތައްތައް ނުބެލެހެއްޓޭކަމުގެ ޝަކުވާގެ އަޑުވެސް ވަނީ ގަދަވެފައެވެ.
ކިޔުންތެރިންގެ ހިޔާލު