ބ. ކެންދޫގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ފެނާއި ނަރުދަމާ ނިޒާމަށް ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ އެމް.ޑަބްލިޔު.އެސް.ސީން ބުނެފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް މުޅިން ނިންމާލުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގައި އެމަސައްކަތް ކުރުމަށް ކުންފުނިތަކާއި މިހާރުވަނީ ހަވާލުކޮށްފައެވެ. އެގޮތުން ކެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމް.ޑަބްލިޔު.އެސް.ސީއާއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސް މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ފެނާއި ނަރުދަމާ ނިޒާމްގައި ހިމެނޭ މައި ނެޓްވޯރކްގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކެންދޫގައި 5.26 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މިގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކެންދޫގައި 4.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ޤާއިމްކުރުމާއި، 556 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބ .ކެންދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނެޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 56.24 މިލިއަން ރުފިޔާއަށެވެ.
މިމަސައްކަތް ހަވާލުކުރީ 2020ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 15ވަނަ ދުވަހުއެވެ. 2022ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 05ވަނަ ދުވަހަށް މިމަސައްކަތް ނިންމަންޖެހޭއިރު މިމުއްދަތަށް މަސައްކަތް ނިންމާލެވޭނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.

B. Kendhoo Water & Sewerage Project: Water and sewerage network pipe-laying works are in progress.#MWSCAsaasee #TeamMWSC pic.twitter.com/Gqt94Pgi0y
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) May 12, 2022
ބ .ކެންދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނެޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 56.24 މިލިއަން ރުފިޔާއަށެވެ.
މިމަސައްކަތް ހަވާލުކުރީ 2020ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 15ވަނަ ދުވަހުއެވެ. 2022ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 05ވަނަ ދުވަހަށް މިމަސައްކަތް ނިންމަންޖެހޭއިރު މިމުއްދަތަށް މަސައްކަތް ނިންމާލެވޭނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު