ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
ޙިޖާމާއަކީ ސުންނަތުން ސާބިތުކަމެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިމިވަނީ ހެލްތު މިނިސްޓްރީގެ ހުއްދަނެތި ދިވެހިރާއްޖޭގައި ހިޖާމާ ކްލިނިކް ނުހިންގޭނެކަމަށް އެންގުމުން ރާއްޖޭގައި ފުޅާދާއިރާއެއްގައި ޙިޖާމާގެ ޚިދުމަތްދެމުން ގެންދިޔަ ފަޒީސް ޙިޖާމާ ކްލިނިކް ބަންދު ކުރުމާއި ގުޅިގެންނެވެ.

ޒައިދު ވިދާޅުވީ ހިޖާމާއާއި ބެހޭ ޢިލްމުކިޔަވައި ކޯސްހަދާފައިވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު އޮންނަންވާނެ ކަމަށާއި އެކަންއެއްކޮށް މަނާކުރުމަކީ ރަނގަޅުގޮތެއްނޫން ކަމަށެވެ. އަދި ޙިޖާމާއަކީ ސުންނަތުން ސާބިތުކަމެއް ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

"ޑޮކްޓަރީ ބޭސްވެސް ކުރައްވާ! ހިޖާމާވެސް ބޭނުން ބޭފުޅަކު ޖައްސަވާ! އިންތަކަށް ރައްކާތެރިވެލައްވާ!" ޝައިޚް ޒައިދު ވިދާޅުވެފައިވެއެވެ.



ހެލްތު މިނިސްޓްރީން އަންގާފައިވަނީ ރާއްޖޭގައި ހިޖާމާޖެހުމުގެ މަސައްކަތް ކުރެވޭނީ ހެލްތު މިނިސްޓްރީންއަށް ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުމަށްފަހު އެ މިނިސްޓްރީގެ ހުއްދަ ލިބުމުން ކަމަށެވެ.

ފަޒީ ހިޖާމާގެ މައްސަލަ ބޮޑުވީ ސިއްހީ ގިނަ ކަންކަން ހިޖާމާ ޖަހައިގެން ހައްލު ކުރެވޭ ކަމަށް އޭނާ ބުނުމުންނެވެ. އެގޮތުން ހަކުރު ބަލި އިންސިއުލިންނާ ނުލައި ހިޖާމާއިން ހައްލުވާ ކަމަށް އޭނާ ބުނުމުން ސިއްހީ ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން