ފާއިތުވި އޭޕްރިލްމަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 63 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ އޭޕްރިލް މަހު ދިވެހިރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި ޢަދަދުވަނީ 4.7 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. މީގެއިތުރުން، ފާއިތުވި އޭޕްރިލް މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 37 އިންސައްތަ ވަނީ އިތުރުވެފައެވެ.

2021 ވަނަ އަހަރުގެ އޭޕްރިލްމަހު އިމްޕޯޓް އެކްސްޕޯޓުން 265 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޭޕްރިލް މަހު މި ޢަދަދުވަނީ 362 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވިމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން, އިންޑިއާ އަދި ޔޫ.އޭ.އީ އެވެ. އޮމާނުން 1.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން 655 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޔޫ.އޭ.އީއިން 534 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ވޭތުވެދިޔަ އޭޕްރިލްމަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ޤައުމުތަކުގެ ތެރޭގައި ހިމެނީ އޮމާން 30 އިންސައްތަ، ތައިލެންޑު 62 އިންސައްތަ، އިންޑިއާ 14 އިންސައްތަ، ޔޫއޭއީ 11 އިންސައްތަ، މެލޭޝިޔާ 8 އިންސައްތަ އަދި ބަންގްލަދޭޝް 5 އިންސައްތައެވެ.

އަގުގެގޮތުން ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކުރި 5 ޤައުމަކީ ތައިލޭންޑް ޖަރުމަނުވިލާތް، އިންޑިއާ، އިޓަލީ އަދި ބަނގްލަދޭޝްއެވެ،.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން