މިއަހަރު ފެށުމާއެކު ރާއްޖޭގައި ތަޢާރަފްކުރި ހޯމްސްޓޭ ފަތުރުވެރިކަމަށް މާކެޓް އެބައޮތް ކަމަށާއި ނަމަވެސް އެކަން ކުރިއަށް ނުގޮސްގެން އުޅެނީ އިދާރީ މައްސަލަތަކެއްގެ ސަބަބުން ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.
ހޯމްސްޓޭ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި އެމްޑީޕީގެ "ނޫ އިގްތިޞާދު"ގެ މެނިފެސްޓޯގެ ދަށުން ވެފައިވާ ވައުދެކެވެ.
ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވީ ރާއްޖޭގައި ހޯމްސްޓޭއަށް މާކެޓް އެބައޮތް ކަމަށާއި، އެ ކޮންސެޕްޓް ވަރަށް ބާރަށް ކުރިއަށްވެސް ދިޔަކަމަށެވެ. އެހެން ނަމަވެސް މިހާރު އެކަން ހުއްޓިފައިވަނީ ރެޖިސްޓްރޭޝަން ނުނިމުމާއި ހުއްދަތައް ނުލިބޭތީ ކަމަށް ފިރާޤު ވިދާޅުވިއެވެ.
"މަސްދުވަސްތެރޭ އެއްހާސް ފަތުރުވެރިންވެސް ގެނެވިދާނެ." ފިރާޤު ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި "ހޯމް ސްޓޭ" ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހު މ. ދިއްގަރުންނެެވެ. ހޯމް ސްޓޭ ފެށުމަށް ދިއްގަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވީ، ރާއްޖެއަށް ތައާރަފްކުރި ހޯމް ސްޓޭއާއެކު އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، އެހެން ނަމަވެސް އެބަދަލު އަންނާނީ ހިންމަތާއެކު މަސައްކަތް ކޮށްގެން ކަމަށެވެ.
ހޯމް ސްޓޭ ފަތުރުވެރިކަމަކީ، އެރަށެއްގައި ދިރިއުޅޭ ބަޔަކާއެކު އެއްގެއެއްގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ. މި ބާވަތުގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގާ އެއް މޮޑެލެވެ.

Tourism ministry in isnagavaa Iulaanu kurehvi HOMESTAY ah Market netheekee noon Varah barah kuriah gos hutiffai vanee registration nunimumaai hudahthah nulibeythee Mas dhuvas therey 1000 touristun ves genevidhaane. @Mausoom_Maus @BoduSam
— Mohamed Firaq (@mohamedfiraq) May 16, 2022
ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި "ހޯމް ސްޓޭ" ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހު މ. ދިއްގަރުންނެެވެ. ހޯމް ސްޓޭ ފެށުމަށް ދިއްގަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވީ، ރާއްޖެއަށް ތައާރަފްކުރި ހޯމް ސްޓޭއާއެކު އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، އެހެން ނަމަވެސް އެބަދަލު އަންނާނީ ހިންމަތާއެކު މަސައްކަތް ކޮށްގެން ކަމަށެވެ.
ހޯމް ސްޓޭ ފަތުރުވެރިކަމަކީ، އެރަށެއްގައި ދިރިއުޅޭ ބަޔަކާއެކު އެއްގެއެއްގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ. މި ބާވަތުގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގާ އެއް މޮޑެލެވެ.
ކިޔުންތެރިންގެ ހިޔާލު