އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ތާވަލުން ކައްސާލައިގެން ނުދާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ތާވަލުން ކައްސާލައިގެން މަސައްކަތް ލަސްވެގެންދިޔަ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ. އަސްލަމް ވިދާޅުވީ ބިންހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އީއައިއޭ ރިޕޯޓް ފައިނަލް ކުރުމަށްފަހު ކުރަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށެވެ. އެގޮތުން "ސޭންޑް ސާޗް" ކުރަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ޖުލައިމަސް ތެރޭގައި އައްޑޫ އަތޮޅުގެ އެތެރެވަރިން ވެލިނެގެން ހުރި ތަންތަން، ހުރި މިންވަރު. ކޮންމެވެސް ވަރަކަށް އެނގި ތިބެގެން ޓެންޑަރގައި ބައިވެރިވެގެން ބިޑް އެވޯޑްކޮށްގެން ކޮންޓްރެކްޓްގައި ސޮއިކޮށްފަ އެއޮތީ. އެހެން ނަމަވެސް މިޒާތުގެ މަސައްކަތުގައި މޮބިލައިޒް ކުރުމުގެ ކުރިން އެގްޒެކްޓްލީ ކިހާ މިންވަރެއްގެ ވެއްޔެއްތޯ، ކިތަށް ތަނުން ވެލި ނަގަން ޖެހޭނެތޯ ޔަގީން ކުރުމަށް ގްރައުންޑް ޓްރޫތިންގ ހަދަން ކޮންޓްރެކްޓާ ދާނެ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކޮންޓްރެކްޓްގައި ސޮއިކުރުމާ ހަމައަށް ވަގުތުތަކެއް ދިޔަ ކަމަށާއި، ނަމަވެސް ސޮއިކުރުމަށް ފަހު މަސައްކަތް އަދި ދަނީ ރަނގަޅަށް ކަމަށް ޤަބޫލުކުރަށްވާ ކަމަށެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ވެން އޫޑް ކުންފުނިން މީގެކުރިން ބުނެފައިވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މި މަޝްރޫއަކީ ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަކަށްވާތީ މަސައްކަތް ކުރިއަށް ގެންދާނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި، ކަމުގެ ތަޖުރިބާކާރުންގެ ލަފައާއި މަޝްވަރާގެ މަތިން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެގޮތުން ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުން ވެސް މި މަޝްރޫއު ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މަރަދޫ/ މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު