ފަތުރުވެރިކަމުގެ ސިނާއަތަށް ފަންސާސް އަހަރުފުރޭ އުފާވެރި ރަންޔޫބީލް ފާހަގަކުރުމުގައި ފަތުރުވެރިން ބައިވެރިވުމަށް ރާއްޖެއަށް ދަތުރުކުރުމަށް ވިޒިޓް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ދައުވަތު ދެއްވައިފިއެވެ.

ތޮއްޔިބް މިކަމަށް ދައުވަތު ދެއްވާފައިވަނީ "ހައި އެންޑް އެޑްވެންޗާސް - ދަ މޯލްޑިވްސް އެވެއިޓްސް | ޔޫއެސްއޭ 2022" ގެ ނަމުގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އެމެރިކާ މާކެޓަށް އަމާޒުކޮށް، ބޭއްވި ވެބިނާގައި ވާހަކަދައްކަވަމުންނެވެ.

މި ވެބިނާގެ މައިގަނޑު މަގްސަދަކީ އެމެރިކާގެ ޓްރެވެލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ތަމްރީންކޮށް ދިވެހިރާއްޖޭގެ ހައި-އެންޑް ތަޖުރިބާތައް އިސްތިހާރުކުރުމެވެ. މި ވެބިނާ އަކީ މި އަހަރު އެމެރިކާ މާކެޓަށް އަމާޒުކޮށް ބޭއްވި އެންމެ ފުރަތަމަ ވެބިނާއެވެ. އެމްއެމްޕީއާރުސީގެ އިތުރުން، އެއް ގަޑިއިރުގެ މި ވެބިނާގައި ޔޮޓް މޯލްޑިވްސް, މޫވެންޕިކް ރިޒޯޓް ކުރެދިވަރު މޯލްޑިވްސް އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ބައިވެރިވިއެވެ.

މި ވެބިނާ ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވަނީ ދިވެހިރާއްޖެ އާއި އެމެރިކާ މާކެޓާ ދެމެދު އޮންނަ ދުވަސްވީ ގުޅުމުގެ މުހިންމުކަމާއި، ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއިން ހާސިލުކޮށްފައިވާ އެވޯޑްތަކާއި ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ފަންސާސް އަހަރުފުރޭ އުފާވެރި ރަން ޔޫބީލް ފާހަގަކުރުމުގައި ފަތުރުވެރިން ބައިވެރިވުމަށް ރާއްޖެއަށް ދަތުރުކުރުމަށް ދައުވަތު ދެއްވިއެވެ.

މި ވެބިނާގައި އެމެއެމްޕީއާރސީން ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދިވެހިރާއްޖޭގަ އަޅާފައިވާ އެންމެ ފަހުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހިއްސާކުރިއެވެ. އަދި ރާއްޖެއާ ބެހޭ މައުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓް ކަމުގައިވާ ރިސޯޓް، ގެސްޓްހައުސް، ލިވަބޯޑް އަދި ހޮޓެލްސްއާ ބެހޭ މަޢުލޫމާތުގެ އިތުރުން ރާއްޖޭގައި ފަތުރުވެރިންނަށް ކުރެވެން ހުންނަ ތަޖުރިބާތައް ހިމެނޭ ޑެސްޓިނޭޝަން ޕްރެސެންޓޭޝަނެއް މި ވެބިނަރގައި ވަނީ ދައްކާފައެވެ.

މި ވެބިނަރގައި ޕްރޮމޯޓްކުރި ތަޖުރިބާތަކުގެ ތެރޭގައި ބަބުލް ޓެންޓް، ޕްރައިވެޓް ވޯޓާ ވިލާ އަދި ސީޕްލޭނެއްގައި ދަތުރުކުރުން ފަދަ ތަޖުރިބާތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ރަށްތައް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިއޮތުމުގެ ސަބަބުން ރާއްޖެއަކީ ހުރިހާ ގޮތަކުން ވެސް އެމެރިކާގެ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރިއެވެ.

މި ސެޝަންގައި އިންޑަސްޓްރީ ޕާޓްނަރުން ވަނީ ބައިވެރިވި ޓްރެވަލް ޓްރޭޑްގެ ފަރާތްތަކާ ބައްދަލުކޮށް ކޮންމެ ތަނަކުން ދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދީފައެވެ. މި ވެބިނާ އަކީ ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންނަށް ބޮޑު އޯޑިއެންސްއަކަށް އެ ފަރާތްތަކުގެ ޕްރޮޕަޓީތައް އިޝްތިހާރުކޮށް، އެމެރިކާ މާކެޓްގެ ފަތުރުވެރިކަމުގެ ދާއިރާގާ ހަރަކާތްތެރިވާ ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެކެވެ.

100 އަށް ވުރެއިން ގިނަ އެމެރިކާ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުން ރަޖިސްޓާކޮށްފައިވާ މި ވެބިނާގައި ދިވެހިރާއްޖެއާ ބެހޭ ސުވާލާއި ޖަވާބު ސެޝަނެއްވެސް ކުރިއަށްދިޔައެވެ. އަދި ވެބިނާ ނިންމާލުމުގެ ކުރިން ދިވެހިރާއްޖެ އަށް 5 ދުވަހުގެ ހިލޭ ޗުއްޓީއެއް، ވެބިނަރގެ އެއް ބައިވެރިޔަކަށް ހަދިޔާކުރުމުގެ ގޮތުން ރެފްލް އެއް ކުރިއަށްގެންދިޔައެވެ. މި ރެފްލް ސްޕޮންސާކޮށްފައިވަނީ ސާއިލެގޫންއިންނެވެ.

އެމެރިކާ މާކެޓަކީ މިދިޔައަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ކާމިޔާބު އެއް މާކެޓެވެ. މި އަހަރުގެ 6 އޭޕްރީލް ނިޔަލަށް 460,479 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 21,009 ފަތުރުވެރިން ޒިޔާރަތްކޮށްފަވަނީ އެމެރިކާ މާކެޓުންނެވެ. މިދިޔަ އަހަރު އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް، އެމްއެމްޕީއާރސީއިން މި މާކެޓަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔައެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގާ ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް މާކެޓިންގް ކެމްޕެއިންތަކާއި, ވެބިނާ އަދި ރޯޑްޝޯތަކުގެ އިތުރުން މި މާކެޓުގައި ބޭއްވި ބޮޑެތި ފެއާރ ތަކުގައި ބައިވެރިވުންވެސް ހިމެނެއެވެ. މި އަހަރުވެސް ވަނީ މިފަދަ ގިނަ ހަރަކާތްތަކެއް މި މާކެޓްގައި ބޭއްވުމަށް ރާވާފައެވެ.

4 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހޭ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ. މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކޮއްފައިވާ އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު ވަނީ 14 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން އުވާލާފައެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ މިފިޔަވަޅުތަކަށް ލުއިދިނުންވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހައަކަށެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ.

އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

ކުރިޔަށްމިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގައި ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން