ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ދިވެހިރާއްޖޭގެ ކަސްޓަމްން މިއަދު ބުނީ، އަތުލައިގެންފައިވާ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ، ބްރެޒިލުން ރާއްޖެއައި އެމެރިކާގެ ރައްޔިތެއް ކަމަށެވެ.

ކަސްޓަމުން ބުނީ، އެ ތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ރާއްޖެއައި އެމެރިކާގެ ރައްޔިތަކާމެދު ޝައްކު ކުރެވިގެން ކަމަށާއި، އޭނާގެ ލަގެޖު ބަލާ ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން އަތުލައިގެން ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމުން ތަހުގީގު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމުން ބުނެއެވެ.

މި މައްސަލާގައި އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 2.064 ކިލޯ ހުއްޓެވެ. އަދި މަގުމަތީ އަގުން ނަމަ އެތަކެތީގެ އަގު ދިހަ މިލިއަނަށް އަރާނެ ކަމަށް ކަސްޓަމުން ބުނެއެވެ.

މި މައްސަލާގައި ޝާމިލުވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމުން މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން