ބްރޫފަން ޓެބްލެޓް- ކޮރޯނާވައިރަހަށް ފަރުވާ ދިނުމަށް ބޭނުން ކުރަނީ ތަފާތު ފޯމިއުލާއެއް
ބްރޫފަން ޓެބްލެޓް- ކޮރޯނާވައިރަހަށް ފަރުވާ ދިނުމަށް ބޭނުން ކުރަނީ ތަފާތު ފޯމިއުލާއެއް
އާންމުކޮށް ތަދު ކެނޑުވުމަށް ބޭނުންކުރާ ބުރޫފަން ބޭހުން ކޮރޯނާވައިރަހުން ޖެހޭ ކޯވިޑް-19 އަށްވެސް ފަރުވާ ދެވޭކަން ޓެސްޓްތަކުން ހާމަވާތީ އިތުރު ދިރާސާތައް ކުރަން ފަށައިފިއެވެ.

އިނގިރޭސި ވިލާތުގެ ގައިސް އެންޑް އެސްޓީ ތޯމަސް ހޮސްޕިޓަލާއި ކިންގސް ކޮލެޖްގެ ހޯދުންތަކުން ހާމާވާ ގޮތުގައި ބުރޫފަން ބޭނުން ކުރުމުން ކޯވިޑް-19 ގެ ސަބަބުން ނޭވާލާ ނިޒާމަށް ކުރިމަތިވާ އުނދަގޫތަކަށް ފަރުވާ ކުރެވެއެވެ. މި އަގުހެޔޮ ފަރުވާގެ ސަބަބުން ވެންޓިލޭޓަރަށް ބަލިމީހުން ނުލައި ސަލާމަތް ކުރެވޭނެ ކަމަށް އެ މީހުންގެ ދިރާސާތަކުން ދައްކައެވެ.

އެދެ ސިއްހީ އިދާރާއިން މިހާރު ނިންމާފައި ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން އާދައިގެ ހާލަތުގައި ތިބޭ ހާލު ސީރިއަސް ނޫން ކެޓަގަރީގެ ބަޔަކު ހިމަނައިގެން އިތުރު ދިރާސާތަކެއް ފެށުމަށެވެ. ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮރޯނާވައިރަހަށް ފަރުވާ ދޭން ބޭނުން ކުރަނީ މިހާރު އާންމުކޮށް ބޭސް ފިހާރަތަކުން ވިއްކަން ހުންނަ ފޯމިއުލާގެ ބޭހެއްނޫނެވެ. މި ތަހުލީލު ތަކުގައި ބޭނުން ކުރާނީ އެކަމަށް ޚާއްޞަ ފޯމިއުލާއަކަށް އުފައްދާފައި ހުންނަ ބުރޫފަން ކެޕްސޫލެކެވެ.

ޖަނަވާރު ބޭނުން ކޮށްގެން ކޮށްފައިވާ ބުރޫފަންގެ ފަރުވާގެ ތަހުލީލުތަކުން ނޭވާލާ ނިޒާމަށް ފަރުވާ ދެވޭކަން ވަނީ ކަށަވަރުވެފައެވެ. އެހެންވީމާ ކޮރޯނާވައިރަހުންވެސް އެންމެ ނުރައްކާވަނީ ނޭވާނާ ނިޒާމަށް ދިމާވާ މައްސަލަތަކުން ކަމަށްވާތީ މިއީ ބައްޔަށް ފަރުވާ ކުރުމަށް ހުޅުވިގެންދާ ރަނގަޅު އަގުހެޔޮ ދޮރެއް ކަމަށް ސައިންސްވެރިން ގަބޫލު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން