އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓު، އޭވިއޭޝަން ފިއުލް ޖޮއިންޓް އިންސްޕެކްޝަން ގްރޫޕުގެ މެންބަރަކަށްވެއްޖެއެވެ.
އޭވިއޭޝަން ފިއުލް ޖޮއިންޓް އިންސްޕެކްޝަން ގްރޫޕަކީ އެއަރޕޯޓްތަކުން ވިއްކާ ތެލުގެ ފެންވަރު ބަލައި، ގިންތިކުރާ ބައިނަލްއަޤްވާމީ ޖަމާއަތެކެވެ.
ގަން އެއަރޕޯޓުން ބުނީ އޭވިއޭޝަން ފިއުލް ދާއިރާގައި ޖޮއިންޓް އިންސްޕެކްޝަން ގްރޫޕުގެ މެންބަރަކަށްވުމާއެކު އެ އެއަރޕޯޓުން "ޖިގް-12" ގިންތިއަށް ފެތޭވަރަށް އެއާޕޯޓުގެ ފެންވަރު މަތިކޮށްފައިވާކަމަށެވެ. މިއާއެކު ގަން އެއަރޕޯޓް ވެގެންގޮސްފައިވަނީ ޖިގް މެމްބަރުކަން ލިބުނު ރާއްޖޭގެ ފުރަތަމަ އެއާޕޯޓަށެވެ. އަދި ޖޮއިންޓް އިންސްޕެކްޝަން ގްރޫޕުގެ "ޖިގް އިންސްޕެކްޝަން ޓްރެކިންގް ސިސްޓަމް"ގެ ދަށުން ޖިގް ސެޓިފިކޭޝަންވެސް ގަން އެއަރޕޯޓަށް ލިބިފައެވެ.
ގަން އެއަރޕޯޓުން ބުނީ، މިކަމުގެ ސަބަބުން ގަމުން ވިއްކާ ތެލުގެ ފެންވަރު ރަނގަޅު ކުރެވި، ބައިނަލްއަޤްވާމީ ގިންތިތަކަށް އޭވިއޭޝަން ފިއުލް ވިއްކުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ގަން އެއަރޕޯޓަކީ ވެލާނާ އެއާޕޯޓުގެ ފިޔަވައި ރާއްޖޭގައި އޭވިއޭޝަން ފިއުލް އެންމެ ފުޅާ ދައިރާގައި ވިއްކާ އެއާޕޯޓެވެ. އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މިހާރު ލިބޭ އާމްދަނީގެ ބޮޑު ބައެއް ވެސް ހިއްސާ ކުރަނީ މިގޮތަށް ވިއްކާ ތެލުންނެވެ.

Gan International Airport @Ganairportco becomes first airport in the #Maldives to become a member of the #Aviation Fuel Joint Inspection Group (JIG).
— AviatorsMaldives (@AviatorsMaldive) May 21, 2022
Telegram Channel: https://t.co/KUkXqwLO2W pic.twitter.com/JM0xQ0WxVR
ގަން އެއަރޕޯޓުން ބުނީ، މިކަމުގެ ސަބަބުން ގަމުން ވިއްކާ ތެލުގެ ފެންވަރު ރަނގަޅު ކުރެވި، ބައިނަލްއަޤްވާމީ ގިންތިތަކަށް އޭވިއޭޝަން ފިއުލް ވިއްކުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ގަން އެއަރޕޯޓަކީ ވެލާނާ އެއާޕޯޓުގެ ފިޔަވައި ރާއްޖޭގައި އޭވިއޭޝަން ފިއުލް އެންމެ ފުޅާ ދައިރާގައި ވިއްކާ އެއާޕޯޓެވެ. އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މިހާރު ލިބޭ އާމްދަނީގެ ބޮޑު ބައެއް ވެސް ހިއްސާ ކުރަނީ މިގޮތަށް ވިއްކާ ތެލުންނެވެ.
ކިޔުންތެރިންގެ ހިޔާލު