މުއްދަތު ހަމަވާ ތާރީހު އެނގޭގޮތަށް ބިސް ވިއްކުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މާލޭ ފިހާރަތަކުން ވިއްކާ ބިސް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރު ކުރުމާއި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރުން ފަދަ ނުރައްކާތެރި ހާލަތެއް ކުރިމަތި ވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.
އެމްއެފްޑީއޭ އިން ބުނީ ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއެކު ބެހެއްޓޭނީ ގިނަވެގެން ތިން މަސް ދުވަހު ކަމަށާއި ފިނި ނުކޮށް ހުންނަ ބިސް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި މުއްދަތު ހަމަވާ ތާރީހު ހަމަވުމުން، ބިސް ކުނިވުމުގެ ފުރުސަތު އޮންނަ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
"މުއްދަތު ހަމަވާ ތާރީޚު އެނގޭ ގޮތަށް ބިސް ވިއްކަން ބެހެއްޓުމަށް އަންގަމެވެ." އެމްއެފްޑީއޭގެ ބަޔާނުގައިވެއެވެ.
އެހެންކަމުން، ބިސް ވިއްކަން ބަހައްޓާއިރު، ރައްކާކުރުމަށް ކަނޑައަޅާފައިވާ ފިނިހޫނުމިން ކޮންޓްރޯލް ކުރުމަށާއި ބިސް ގަންނަ ފަރާތްތަކުން ބިހުގެ މުއްދަތު ހަަމަވާ ތާރީހަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު