އެއަރ އޭޝިއާ
އެއަރ އޭޝިއާ
ޓިކެޓުގެ ތާރީޚު ކިތަންމެ ވަރަކަށް ބަދަލު ކުރިއަސް އަންނަ ޑިސެންބަރުގެ ނިޔަލަށް އެއްވެސް ފީއެއް ނުނެގުމަށް އެއަރ އޭޝިޔާއިން ނިންމައިފިއެވެ.

މަޝްހޫރު ބަޖެޓް އެއަރލައިނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ ޖޫން މަހުގެ 3 އާއި އޮކްޓޫބަރ 31 އާއި ދެމެދު ގެ ތާރީޚު ތަކުގައި ގަންނަ ޓިކެޓަށް މިއަހަރުގެ ކޮންމެ ދުވަހެއްގެ ތާރީޚެއްގައި ފުރަން ހަމަޖެއްސިޔަސް އެއްވެސް ފީއަކާއި ނުލައި ތާރީޚު ބަދަލު ކުރެވޭނެ ކަމަށެވެ.

އެއަރލައިނުން ބުނީ އޮންލައިންކޮށް ވެބްސައިޓާއި އެޕްލިކޭޝަންގެ "މައި ބުކިންގްސް" ޓެބަށް ވަދެ ބޭނުން ދުވަހަކަށް ޓިކެޓްގެ ތާރީޚު އަމިއްލައަށް ބަދަލު ކުރެވިދާނެ ކަމަށެވެ.

އެއަރ އޭޝިއާއިން މި ބަދަލު ގެނައީ ބޯޑަރ ހުޅުވާލި ނަމަވެސް ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ބައެއް ގައުމުތަކަށް އުދުހުމުގައި ފަހުން ވެސް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ގަބޫލު ކުރެވޭތީއެވެ. ކުންފުނިން ބުނީ މިފަދަ ދޫތަކެއް މިދެނީ އެފަދަ ހާދިސާއެއް ކުރިމަތި ވެދާނެ ކަމުގެ ޝައްކުތައް އަދިވެސް އޮތުމުން ޓިކެޓް ގަންނަން ކަސްޓަމަރުން ޖެހިލުންވާނެތީ އެކަމަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.

ކުންފުނިން ބުނީ ފުރާ ދުވަހާއި ގަޑި ބަދަލު ކުރަން ބޭނުން ފަރާތްތަކުން ފްލައިޓް ފުރުމުގެ 48 ގަޑިއިރު ކުރިން އެބަދަލު ގެންނަން ޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން