މައްސަލަ ޙައްލުކޮށް މުޅިމާލެއަށް އަލުން ކަރަންޓު ދީފިއެވެ.
ރޭ ފަތިހު މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައެވެ. އަދި އެމައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މުޅި މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ. އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަނެ މިހާރު މުޅި މާލެއަށް ކަރަންޓު ދީފައިވާ ކަމަށެވެ.
"މުޅި މާލެއަށް އަލުން ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިން." ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯއިން ދާދި ދެންމެއަކު ބުނެފައިވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް މިހާރު ވަނީ އަލުން ކަރަންޓު ފޯރުކޮށްދެވިފައި ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ދިމާވި އެންމެހާ ދަތިތަކަށް މާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ރޭ ފަތިހު ހަތަރެއް ޖެހިއިރު މާލެއިން ކަރަންޓު ކެނޑިފައިވަނީ މާލެއަށް ކަރަންޓު ފޯރުކޮށްދޭ 13 ފީޑަރުގެ ތެރެއިން 8 ވަނަ ފީޑަރުން ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. އަދި ފީޑަރު 8 ގައި ހިމެނޭ 9 ސަބް ސްޓޭޝަނަށް އެހެން ފީޑަރުތައް މެދުވެރިކޮށް ވަގުތީގޮތުން ކަރަންޓު ފޯރުކޮށްދީ މައްސަލަ ޙައްލުކޮށްފައިވާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް މިހާރު ވަނީ އަލުން ކަރަންޓު ފޯރުކޮށްދެވިފައި. މިފަދަ ހަލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންނަށް އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން. އަދި ދިމާވި އެންމެހާ ދަތިތަކަށް މާފަށް އެދެން.
— STELCO (@STELCOMALDIVES) May 24, 2022
ރޭ ފަތިހު ހަތަރެއް ޖެހިއިރު މާލެއިން ކަރަންޓު ކެނޑިފައިވަނީ މާލެއަށް ކަރަންޓު ފޯރުކޮށްދޭ 13 ފީޑަރުގެ ތެރެއިން 8 ވަނަ ފީޑަރުން ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. އަދި ފީޑަރު 8 ގައި ހިމެނޭ 9 ސަބް ސްޓޭޝަނަށް އެހެން ފީޑަރުތައް މެދުވެރިކޮށް ވަގުތީގޮތުން ކަރަންޓު ފޯރުކޮށްދީ މައްސަލަ ޙައްލުކޮށްފައިވާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލު