އެސްޓީއޯއިން ތެލުގެ ވިޔަފާރިކުރުމަށް އުފައްދާފައިވާ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ތެޔޮ އުފުލާ ފްލީޓަށް އިތުރު 2 ބާޖު ގެނެސްފިއެވެ.

އެފްއެސްމުން ބުނީ މިއީ 2019 ވަނަ އަހަރު އެފްއެސްއެމުން 4 ބާޖެއް ބަނުމުގެ މަސައްކަތުގެ ދަށުން ގެނައި 2 ބާޖުކަމަށެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އެފްއެސްއެމުން ބުނީ މިސްރުގެ ކުންފުންޏަކާއި ހަވާލުކޮށްގެން ބަންނަމުން ދިޔަ ބާޖުތަކުން އަލަށް ގެނައި ދެ 2 ރާއްޖެ ގެނައީ މިދިޔަ ރޯދަމަހުގެ ފަހުކޮޅުކަމަށެވެ. އަދި އަލަށް ގެނައި ބާޖުތައް މިހާރު ދަތުރުތަކުގައި ބޭނުންކުރަން ފަށާފައިވާކަމަށާއި، މި ބާޖުތަކުގައި އެއް ފަހަރާ 2 ލައްކަ 60 ހާސް ލީޓަރުގެ ތެޔޮ އުފުލޭނެކަމަށް އެކުންފުނިން ބުނެއެވެ.



އެފްއެސްއެމުން ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ފޮނުވަމުން އަންނައިރު އެ ކުންފުނީގެ ޕްލީޓްގައި މިހާތަނަށް ގިނައިން ބޭނުންކުރަމުން އައީ ކުދި ބާޖުތަކެއްކަމަށް ކުންފުނިން ބުންޏެވެ. އެހެންކަމުން އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް މިހާރު ދިމާވަމުން އަންނަ ދަތިތަކަށް އަލަށް ގެނައި ބާޖުތަކުން ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ކުންފުނިން ބުނެއެވެ.

އެފްއެސްއެމުން ބުނީ އަލަށް ބަންނަ 4 ބާޖުގެ ތެރެއިން ބާކީ އޮތް 2 ބާޖު ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެ ދެ ބާޖުވެސް ރާއްޖެ ގެންނާނެކަމަށް އެފްއެސްއެމުން ބުނެއެވެ.

އެފްއެސްއެމްގެ ތެޔޮ ފްލީޓާއި އަލަށް ގުޅުނު ދެ ބާޖަށް ދީފައިވާ ނަމަކީ 'އެމްވީ ހުނިކެ' އަދި 'އެމްވީ ބުރެކި' އެވެ.

އެފްއެސްއެމްގެ ފްލީޓްގައި ޖުމްލަ 18 ބާޖު އޮވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން