ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މިރޭ އޮންނާނެއެވެ.

މިޖަލްސާ އޮންނާނީ މިރޭ ކްރޮސްރޯޑްސްގައެވެ.

އެސްޓީއޯއިން ބުނީ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާ ބަހަން ހުށަހެޅުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ނިންމާފައިވާކަމަށެވެ.

އަހަރީ އާއްމު ޖަލްސާގައި އެސްޓީއޯގެ ބޯޑަށް ބޭފުޅުން އައްޔަންކުރުން އޮންނާނެއެވެ. އަދި ކުންފުންޏާއި ގުޅޭ އެހެން ބައެއް މުހިއްމު ނިންމުންތައްވެސް ނިންމާނެއެވެ.



މިދިޔަ އަހަރު އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 1.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯގެ ޖުމްލަ އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު ކުންފުނީގެ ސާފު ފައިދާއަކީ 487 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 35 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ސަބްސިޑިއަރީތަކުގެ ގޮތުގައި ނުވަ ކުންފުންޏެއް ދަނީ ހިންގަމުންނެވެ. އެއީ، އެލައިޑު އިންޝުއަރެންސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، މޯލްޑިވް ގޭސް، މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ، މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް، މިފްކޯ، ރޭސުޓް މޯލްޑިވްސް ސިމެންޓް، މޯލްޑިވްސް ސްޓޭޓް ޝިޕިން އަދި އެސްޓީއޯ ސިންގަޕޯއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން