ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް އަޅަން ނިންމި ހުރިހާ މަސްކަނދެއް އަޅައި ނިމިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީއޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ އިއްޔެ ބ.އަތޮޅު ހުޅަނގު ބިތުގައި ބ.ތުޅާދޫގެ ހުޅަނގުން 10 މޭލު ބޭރުގައި މަސްކަނދެއް އަޅާފައިވާކަމަށެވެ. އަދި މަސްކަނދާއެކު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުގައި ހިމެނޭ ހުރިހާ މަސްކަނދެއް އަޅާ ނިމުނީކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުގައި ހިމެނެނީ ރާއްޖޭގެ 5 ސަރަހައްދެއްގައި މަސްކަނދު އެޅުމަށެވެ. އެއީ ތުޅާދޫގެ ހުޅަނގުން 10 މޭލު ބޭރުގައި އެޅި ކަނދުފައްޗާއި، ކ.ކާށިދޫ ކައިރީގައި އެޅި ކަނދުފައްޗާއި، ތ.ހިރިލަންދޫ ބޭރުގައި އެޅި ކަނދުފައްޗާއި، ތ.ވިލުފުށި ކައިރީގައި އެޅި ކަނދުފައްޗާއި، ތ.އެލާ ބޭރުގައި އެޅި ކަނދުފައްޗެވެ.
މަސްކަނދު އަޅަމުންދަނީ މަސްވެރިކަމުގެ ލާބަޔާއި މަންފާއަށެވެ. މީގެސަބަބުން މަސްވެރިކަމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދެއެވެ.

ރައީސް @ibusolih ގެ ރިޔާސީ ވަޢުދު ފުއްދުމަށް ބ.އަތޮޅު ހުޅަނގުބިތުގައި އަޅާދޭ #މަސްކަނދުަ، ބ.ތުޅާދޫގެ ހުޅަނގުން 10 މޭލު ބޭރުގައި މިއަދު ހެނދު އަޅައިފި.
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) May 29, 2022
މިކަނދު އެޅުމުން ރައީސްގެ ރިޔާސީ ވަޢުދު ފުއްދުމަށް އަޅަންޖެހޭ ހުރިހާ ކަނދެއް އަޅާ ނިމުނީ! މިކަނދުގެ ނަންބަރަކީ #G08D01 pic.twitter.com/HbLNl5puJY
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުގައި ހިމެނެނީ ރާއްޖޭގެ 5 ސަރަހައްދެއްގައި މަސްކަނދު އެޅުމަށެވެ. އެއީ ތުޅާދޫގެ ހުޅަނގުން 10 މޭލު ބޭރުގައި އެޅި ކަނދުފައްޗާއި، ކ.ކާށިދޫ ކައިރީގައި އެޅި ކަނދުފައްޗާއި، ތ.ހިރިލަންދޫ ބޭރުގައި އެޅި ކަނދުފައްޗާއި، ތ.ވިލުފުށި ކައިރީގައި އެޅި ކަނދުފައްޗާއި، ތ.އެލާ ބޭރުގައި އެޅި ކަނދުފައްޗެވެ.
މަސްކަނދު އަޅަމުންދަނީ މަސްވެރިކަމުގެ ލާބަޔާއި މަންފާއަށެވެ. މީގެސަބަބުން މަސްވެރިކަމަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު