އެސްޓީއޯގެ ހިއްސާދާރުންނަށް ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

އެސްޓީއޯއިން އެގޮތަށް ފާސްކޮށްފައިވަނީ މިރޭ ކްރޮސް ރޯޑުގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައެެވެ.

އާންމު ހިއްސާދާރުންގެ މެދުގައިއޮންލައިންކޮށް ނެގި ވޯޓުގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައެޅިގޮތަށް 65 ރުފިޔާ ބަހަން އެ ކުންފުނިން ވަނީ ފާސްކޮށްފަ އެވެ.



މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ފަސް ރުފިޔާގެ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު އެސްޓީއޯ ހިއްސާއަކަށް ބަހާފައިވަނީ 60 ރުފިޔާ އެވެ. އަދި އޭގެ ކުރީ އަހަރު ހިއްސާއަކަށް ބެހީ 58 ރުފިޔާ އެވެ.

މިރޭގެ ބައްދަލުވުމުގައި ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ބޭފުޅަކާއި އަދި އޮޑިޓަރެއް ވެސް ޥޯޓަކުން ވަނީ އިންތިޚާބުކޮށްފަ އެވެ.

އެގޮތުން 98 ޕަސެންޓް ވޯޓާއެކު އޮޑިޓަރަކަށް ހޮވުނީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ. މީގެ އިތުރުން ކުންފުނީގެ އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑުގައި އިންނަވާނީ އަބްދުﷲ ސައީދު ކަމަށް ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން