މިފްކޯއިން ވިއްކާ "ފަސްމީރު" ބްރޭންޑުގެ މަސްދަޅުގެ އަގުބޮޑުކޮށްފިއެވެ.

މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ބޮޑުކުރުމާއެކު، މަސް ކޭހަކުން ވަނީ 150 ރުފިޔާ ބޮޑުކޮށްފައެވެ. މިއީ ނިސްބަތުން ބޮޑު އަދަދެކެވެ.

މިފްކޯއިން ދަޅު މަހުގެ އަގަށް ގެނައި ބަދަލާއެކު ތެޔޮ މަސް ކޭހެއްގެ އަގު ވަނީ 590 ރުފީޔާއިން 740 ރުފިޔާއަށް ބޮޑުވެފައެވެ. އަދި ކުރިން 565 ރުފިޔާއަށް ވިއްކި ފެން މަސް ކޭހެއްގެ އަގު ވަނީ 715 ރުފިޔާއަށް ބޮޑުކޮށްފައެވެ.

އަގުބޮޑުކުރުމުން މަސްދަޅަކުން ވަނީ އެވްރެޖުކޮށް 3 ރުފިޔާ ބޮޑުވެފައެވެ.

މިފްކޯއިން ބުނީ މަސްދަޅުގެ އަގުބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، އިތުރު ގޮތެއް ނެތިގެންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން