މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 700،000 އަށް އަރައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ އެއްވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ވަނީ 706،468 ފަތުރުވެރިން އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 455،920 ފަތުރުވެރިންނެވެ. މިއީ 55 ޕަސެންޓްގެ ކުރިއެރުމެއްކަން ފާހަގަކޮށްލެވެެއެެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ އިންނެވެ. އެގައުމުން ރާއްޖެއައި ފަތުރުވެރިންގެ 14 އިންސައްތަ ހިއްސާކުރެއެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި އިނގިރޭސިވިލާތުން ހިއްސާކުރަނީ 12.5 އިންސައްތައެވެ.
ރާއްޖޭގެ 164 ރިސޯޓެއް އޮޕަރޭޓްކުރެއެވެ. ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 39،196 އެނދު އެބަހުއްޓެވެ. މިހާތަނަށް 660 ހޮޓަލަކާއި ގެސްޓްހައުސް އެއް އަދި 150 ސަފާރީއެއްގައި 2954 އެނދު އޮޕަރޭޓްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

Weekly updates on #Maldives Tourism
— Ministry of Tourism (@MoTmv) June 3, 2022
2 June 2022https://t.co/M4gnTqXoBx pic.twitter.com/gHHg78ZePo
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ އިންނެވެ. އެގައުމުން ރާއްޖެއައި ފަތުރުވެރިންގެ 14 އިންސައްތަ ހިއްސާކުރެއެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި އިނގިރޭސިވިލާތުން ހިއްސާކުރަނީ 12.5 އިންސައްތައެވެ.
ރާއްޖޭގެ 164 ރިސޯޓެއް އޮޕަރޭޓްކުރެއެވެ. ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 39،196 އެނދު އެބަހުއްޓެވެ. މިހާތަނަށް 660 ހޮޓަލަކާއި ގެސްޓްހައުސް އެއް އަދި 150 ސަފާރީއެއްގައި 2954 އެނދު އޮޕަރޭޓްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ހިޔާލު