ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 2 ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓްލުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ސްޓެލްކޯއިން މިރޭ ބުނީ، ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިރޭ ނިންމާފައިވާ ކަމަށެވެ.
ސްޓެލްކޯއިން މި ނިންމުން ނިންމާފައި މިވަނީ، އެ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ކަރަންޓުގެ ހިދުމަތްތައް އެޗްޑީސީގެ ފަރާތުން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން އަންނަ ޖުލައި މަހު އެކުންފުނީގެ ފްލެޓްތަކަށް މީހުން ވައްދާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ދެއްވާފައި ވަނިކޮށެވެ.
އެޗްޑީސީން މިދިޔަމަހުގެ ފަހުކޮޅު ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަރަންޓު ނެޓްވޯކް ގާއިމް ކުރަނީ ބްރައުންސް ސީއެމްއީސީ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ.
މިހާރު މީހުން ދިރިއުޅެމުން އަންނަ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނީ ވެސް ބްރައުންސް ސީއެމްއީސީއާ ހަވާލު ކޮށްގެން ގާއިމް ކުރި ނެޓްވޯކަކުން ކަމަށާއި ސްޓެލްކޯ އާއި ސަރުކާރުގެ އެހެން ކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކާ މެދު ވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް އެޗްޑީސީން ދާދިފަހުންވަނީ ބުނެފައެވެ.
ސްޓެލްކޯގެ އަމިއްލަ ހަރަދުގައި ކަރަންޓްގެ ކަންކަން ކުރަން އެ ކުންފުނިން ނިންމިއިރު، އެޗްޑީސީން މީގެކުރިން ބުނެފައިވަނީ، މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ސްޓެލްކޯ ޓަވަރުތަކަށް ވެސް ކަރަންޓް ދެވޭވަރުވާނެކަމަށެވެ.

ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް މިކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިރޭ ވަނީ ނިންމާފައި. pic.twitter.com/qMJm78weOJ
— STELCO (@STELCOMALDIVES) June 4, 2022
އެޗްޑީސީން މިދިޔަމަހުގެ ފަހުކޮޅު ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަރަންޓު ނެޓްވޯކް ގާއިމް ކުރަނީ ބްރައުންސް ސީއެމްއީސީ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށެވެ.
މިހާރު މީހުން ދިރިއުޅެމުން އަންނަ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނީ ވެސް ބްރައުންސް ސީއެމްއީސީއާ ހަވާލު ކޮށްގެން ގާއިމް ކުރި ނެޓްވޯކަކުން ކަމަށާއި ސްޓެލްކޯ އާއި ސަރުކާރުގެ އެހެން ކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކާ މެދު ވެސް އަމަލު ކުރާނީ އެ އުސޫލުން ކަމަށް އެޗްޑީސީން ދާދިފަހުންވަނީ ބުނެފައެވެ.
ސްޓެލްކޯގެ އަމިއްލަ ހަރަދުގައި ކަރަންޓްގެ ކަންކަން ކުރަން އެ ކުންފުނިން ނިންމިއިރު، އެޗްޑީސީން މީގެކުރިން ބުނެފައިވަނީ، މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ސްޓެލްކޯ ޓަވަރުތަކަށް ވެސް ކަރަންޓް ދެވޭވަރުވާނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު