ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުންނަށް ޚާއްސަކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ޕްރޮގުރާމެއް އެމްޓީސީސީން ހިންގައިފި އެވެ.

އެމްޓީސީސީން ބުނީ، ފުލުހުންނާއި ގުޅިގެން އެކުންފުނީގެ ބަސް ދަތުރުގައި ޝާމިލްވާ ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުންނަށް ޚާއްސަކޮށްގެން ހިންގާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ޕްރޮގުރާމެއް ފަށާފައިވާ ކަމަށެވެ. އިއްޔެ އިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގުރާމްގައި ޝެޝަންތަށް ނަގައިދެނީ ޓްރެފިކް ޕޮލިސްގެ މުދަރިއްބުން ކަމަށް އެމްޓީސީސީން ބުނެ އެވެ.

ސިލްސިލާ ކޮށް ކުރިއަށް ގެންދާ މި ޕްރޮގުރާމްގައި އެމްޓީސީސީގެ 150 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.



ރާއްޖޭގައި އެއްގަމު ދަތުރުފަތުރު އެންމެ ފުޅާކޮށް ފޯރުކޮށްދޭ އެމްޓީސީސީން ބުނިގޮތުގައި އެ ކުންފުނީގެ މަގުސަދަކީ އާންމު ދަތުރުފަތުރު ކުރުމުގެ ޚިދުމަތުގައި މަސައްކަތް ކުރާ ޑްރައިވަރުންނާއި ކޮންޑަކްޓަރުންނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލު ކަމެއްދޭ ބައެއްގެ ގޮތުގައި ތަމްރީންވެގެންދިޔުމެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި އަބަދުވެސް އެންމެ އިސްކަމެއް ދެނީ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން