ވ. ރަކީދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.
ސްޓެލްކޯ އިން ބުނީ ވ. ރަކީދޫ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށް ކަމަށެވެ. މި މަސައްކަތް ކުރިއަށް އޮތް ހަފްތާތެރޭގައި ނިންމާލަން ހަމަޖެހިފައިވާއިރު، މި މަސައްކަތުގައި 1283 މީޓަރުގެ ކޭބަލް ވަޅުލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ މި މަސައްކަތް ކުރިއަށް އޮތް ހަފްތާ ތެރޭގައި ނިންމާލެވި، ރަކީދޫގެ ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ފޯރުކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ވ. ރަކީދޫގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. މި މަސައްކަތުގެ ތެރެއިން ޖުމްލަ 1283 މީޓަރުގެ ކޭބަލް ވަޅުލުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރިއަށް އޮތް ހަފްތާ ތެރޭގައި ނިންމާލެވި، ރަކީދޫގެ ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ. pic.twitter.com/GXnaQi2Wqu
— STELCO (@STELCOMALDIVES) June 6, 2022
ސްޓެލްކޯއިން ބުނީ މި މަސައްކަތް ކުރިއަށް އޮތް ހަފްތާ ތެރޭގައި ނިންމާލެވި، ރަކީދޫގެ ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
ހިދުމަތުގައި 70 އަހަރުގެ ދިގު ތާރީހެއް އޮތް ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ އެދެވޭ ހިދުމަތް ފޯރުކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު