ޔޫރަޕްގައި ބާއްވާ މައިސް ފަތުރުވެރިކަމާއި ގުޅޭ އެންމެ ބޮޑު އެއް ފެއާރ، އައިމެކްސް ފްރެންކްފާޓްގައި ދިވެހިރާއްޖެ ޕްރޮމޯޓްކޮށްފިއެވެ.

މި ފެއާރގައި ވިޔަފާރި އާއި ލެޝާގެ ތަފާތު ތަޖުރިބާތައް އެއްކޮށްލާ، ކުރީގައި އަދި އެހެން ގިނަ ގައުމުތަކުގައި މިފަދަ ހަރަކާތްތައް ބާއްވާ ގޮތްތަކާ، ތަފާތު ބީ ޕްލަސް ލެޝާ ކޮންސެޕްޓަަށް ރާއްޖެއިން ލިބެންހުރި ފުރުސަތުތައް އަންގައިދީފައިވެއެވެ.

އައިމެކްސްއަކީ މައިސް (މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސް އަދި އެގްޒިބިޝަން) ހަރަކާތްތައް ތަފާތު ގޮތްގޮތަށް ބޭއްވުމަށް ބޭނުންވާ ޔޫރަޕްގެ ބިސްނަސް ދަތުރުވެރިންނަށް ހާއްސަކޮށް, ޖަރުމަނުވިލާތުގައި ބާއްވާ މައިސްގެ އެންމެ ބޮޑު އެއް އިވެންޓެވެ.

މި އަހަރުގެ އައިމެކްސް އިވެންޓުގައި މި ދާއިރާގެ 4،900 ޕްރޮފެޝަނަލުން ބައިވެރިވެރިވިއެވެ. އަދި މިފަދަ ހިދުމަތްތައް ލިބިގަންނަން ބޭނުންވާ 3،900 ފަރާތެއް މިއަހަރު އައިމެކްސް ފެއާރއަށް ޒިޔާރަތްކުރިއެެވެ.

އެމްއެމްޕީއާރުސީއިން އައިމެކްސްގައި ބައިވެރިވީ ރާއްޖޭގެ 9 އިންޑަސްޓްރީ ޕާޓްނަރުންނާއެކު މި މަންޒިލުން ލިބޭ މައިސްގެ ތަފާތު ހިދުމަތްތަކާއި، ވެނިއުތައް ޖަރުމަނުވިލާތާއި ޔޫރަޕްގެ ބިސްނަސް ދަތުރުވެރިންނަށް އަންގައިދިނުމުގެ މަޤްސަދުގައެވެ. އައިމެކްސްގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓްކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑާއި، ރާއްޖެއިން ލިބޭ އެކަހެރިކަމާއި، ރައްކާތެރިކަމުގެ ސަބަބުން މިއީ ބީ+ލެޝާ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ އެއް މަންޒިލުގެ ގޮތުގައި އިޝްތިހާރުކުރެވުނެވެ.

އެމްއެމްޕީއާރުސީއިން މި ހަރަކާތުގައި ބައިވެރިވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމަންޓުތައް ޕްރޮމޯޓުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. ޖަރުމަނުވިލާތުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ އެއް މަންޒިލްކަން ޕްރޮމޯޓުކޮށް، ޖަރުމަނުވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިން ބުކިން ހަދާ މިންވަރާއި، އެރައިވަލްސް އިތުރުކުރުމަށެވެ. މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ މާކެޓިން ކެމްޕެއިންތައް ހިންގާ، ފެއާރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ވެބިނާތައް ބާއްވާ އިތުރު އެހެނިހެން ހަރަކާތްތަކެއް ހިންގަމުންނެވެ.

ޖަރުމަނުވިލާތަކީ މިދަނޑިވަޅުގައި ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. މި އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 655،049 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި މުއްދަތުގައި ޖަރުމަނުވިލާތުން ރާއްޖެއަށް ވަނީ 56،058 ފަތުރުވެރިން އައިސްފައެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން