ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތުން ލޯނު ނަގައިގެން އާ މަޝްރޫއެއް ދެން ނުފަށަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙު ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުރަމުންދާތީ ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއި ބައެއް އާ މަޝްރޫއުތައް ހުއްޓާލުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ހިނގަމުންދާ ހުރިހާ މަޝްރޫއުތަކަށް ވެސް ހުރީ ފައިސާ ހަމަޖެހިފައި ކަމަށާއި، އެމަޝްރޫއުތައް ކުރިއަށްދާނެ ކަމަށެވެ. އެހެން ނަމަވެސް ލޯނު ނަގައިގެން އާ މަޝްރޫއެއް ނުހިންގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރުގެ އަމާޒަކީ ލިބޭ އެއްޗަކުން ރިކަރަންޓް ހަރަދުތައް ހަމަޖެއްސުން ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަންނަ 2023 ނިމޭއިރު ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 100 ބިލިއަން ރުފިޔާ ހުރަސް ކުރާނެ. މިއީ ވަރަށް ބޮޑު ކާމިޔާބެއް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު