ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ތެޔޮ އުފުލާ ފްލީޓަށް އިތުރު ބާޖެއް ގެނެސްފިއެވެ.
"ފެމުނު"ގެ ނަން ދީފައިވާ މި ބާޖަކީ އެއްފަހަރާ 360000 ލީޓަރުގެ ތެޔޮ އުފުލުމުގެ ޤާބިލްކަން ލިބިފައިވާ ބާޖެކެވެ. އަދި މިއީ މިހާތަނަށް އެކުންފުންޏަށް ގެނައި އެންމެ ބޮޑު ތެޔޮ އުފުލާ ބާޖެވެ.
އެފްއެސްއެމުން ބުނީ މިބާޖާއެކު އެކުންފުނިން ރަށްރަށަށް ތެޔޮ އުފުލުމުގައި ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ އެކި ރަށްރަށަށް ތެޔޮ ގެންގޮސްދެމުން އަންނަ އެފްއެސްއެމްގެ ފްލީޓްގައި 20 ބާޖު އޮވެއެވެ. އަދި 2019 ވަނަ އަހަރު އެފްއެސްއެމުން ވަނީ 4 ބާޖެއް ބަނުމުގެ މަސައްކަތް ފަށާފައެވެ. މި ބާޖުތަކުން 2 ބާޖެއް ވަނީ މިދިޔަ ރޯދަމަހުގެ ފަހުކޮޅު ރާއްޖެ ގެނެސްފައެވެ.
އަލަށް ބަންނަ ބާޖުތަކުގެ ތެރެއިން ބާކީ އޮތް 2 ބާޖު ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށާއި ކުރިޔަށް އޮތް މަސްދުވަސްތެރޭ މި ދެ ބާޖުވެސް ރާއްޖެ އަންނާނެކަމަށް އެފްއެސްއެމުން ބުނެއެވެ.

Femunu barge, our newest addtion to the fleet, with a capacity to carry 360,000 ltrs. Femunu will be the largest barge in our fleet. pic.twitter.com/tTiuHponjg
— FSM (@FuelSuppliesMv) June 7, 2022
ރާއްޖޭގެ އެކި ރަށްރަށަށް ތެޔޮ ގެންގޮސްދެމުން އަންނަ އެފްއެސްއެމްގެ ފްލީޓްގައި 20 ބާޖު އޮވެއެވެ. އަދި 2019 ވަނަ އަހަރު އެފްއެސްއެމުން ވަނީ 4 ބާޖެއް ބަނުމުގެ މަސައްކަތް ފަށާފައެވެ. މި ބާޖުތަކުން 2 ބާޖެއް ވަނީ މިދިޔަ ރޯދަމަހުގެ ފަހުކޮޅު ރާއްޖެ ގެނެސްފައެވެ.
އަލަށް ބަންނަ ބާޖުތަކުގެ ތެރެއިން ބާކީ އޮތް 2 ބާޖު ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށާއި ކުރިޔަށް އޮތް މަސްދުވަސްތެރޭ މި ދެ ބާޖުވެސް ރާއްޖެ އަންނާނެކަމަށް އެފްއެސްއެމުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު