މާގިނައިން ފާނަ ނެގުމުގެ ސަބަބުން ފަރުތަކުން ފާނަ ދަނީ ހުސްވަމުން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ ޙުސައިން ރަޝީދު ޙަސަނެް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޑރ ޙުސައިން މިމޭރުމުން ވިދާޅުވެފައިވަނީ، ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް މަޝްރޫއުގެ ތެރެއިން، "މެރިކަލްޗަރ ތަމްރީނު ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ހަފްލާގައި ވާހަކަ ދައްކަަވަމުން މާ ގިނައިން މަސް ބޭނުމުގެ ގެއްލުންތައް ފާހަގަކޮށް، ރާއްޖޭގައި މާ ގިނައިން ފާނަ ނެގުމުގެ ސަބަބުން ފަރުތަކުން ފާނަ ހުސްވަމުން ދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މަސް ވިއްސާ އާލާ ކުރުމުގެ ކަންތައްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކޮށް، މިނިސްޓަރ ވަނީ މިފަދަ ޓްރެއިނިންގ ޕްރޮގްރާމްތައް ބޭއްވުމުގެ މުހިންމުކަން ޙިއްސާ ކުރައްވާފައެވެ.
މިނިސްޓަރގެ ވާހަކަފުޅު ނިންމާލަމުން ކަނޑާމެދު ޢަމަލުކުރާ ގޮތާމެދު ފަރުވާތެރިވުމަށް އިލްތިމާސްކޮށް، ރާއްޖޭގެ ރައްޔިތުން ކަނޑާމެދު ފަރުވާތެރިވެ، ބޭރުޤައުމުގެ މީހުނަށް ނަމޫނާއަކަށް ވުމަށް އެދިވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް، ޝާފިޔާ ނަޢީމް މި ކޯހުގެ ބައިވެރިންނަށް ދަސްކޮށްދެވިގެންދާނެ ބައެއް ކަންކަން، ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް ހިއްސާ ކުރެއްވިއެވެ. އެގޮތުން، ހެޗަރީއެއްގައި ފާނަ ވިއްސައިގެން މޫދުކޮށީގައި ގެންގުޅޭ ވަރަށް ބޮޑުކުރާނެ ގޮތާއި، ހެޗަރީގެ މަރުހަލާތަކުގެ ޢަމަލީ މަސައްކަތް ކުރުމުގެ އިތުރުން، މެރިކަލްޗަރ ކުރުމުގެ ތަފާތު މަރުހަލާ ތަކުގައި ގެންގުޅެންޖެހޭ ތިމާވެއްޓާއި ރައްޓެހި އާދަކާދަތަކަށް ބައިވެރިން އަހުލުވެރި ކުރުވުން ހިމެނޭކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ކަނޑުތަކަކީ އިޤްތިޞާދީ ދިރިިތިބުން އޭގެ މައްޗަށް ބަރޯސާވެފައިވާ ގުދުރަތީ ޚަޒާނާއަކަށް ވާއިރު، އެ ޚަޒާނާ އަންނަން އޮތް ޖީލުތަކަށް މަންފާކުރާނެ ގޮތަކަށް ދެމެހެއްޓުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ކ. މަނިޔަފުށީގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ފަރާތުން ހިންގާ މަނިޔަފުށި ޓްރެއިނިންގ އެންޑް ރިސާރޗް ސެންޓަރު (އެމް.ޓީ.އާރ.ސީ) ގައި ފުޅާ ދާއިރާއެއްގައި، ދިގު މުއްދަތަަށް ހިންގުމަަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގެ މަގްޞަދަކީ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީ ކުރުމަށްޓަކައި މީހުން ބިނާ ކުރުމެވެ. މި ތަމްރީން ޕްރޮގްރާމްގައި އެކްރިޑެޓް ކުރެވިފައިވާ އަދި އެކްރިޑެޓް ނުކުރެވޭ ބޭސިކް މެރިކަލްޗަރ ކޯސްތަކާއި އެޑްވާންސް މެރިކަލްޗަރ ކޯސްތައް ހިމެނެއެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިފަހަރު ޚާއްޞަ ކުރެވިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން މެރިކަލްޗަރ ތަރައްޤީ ކުރުމަށް ކުރިޔަށް ގެންދާ، ސަރަޙައްދީ ހެޗަރީ ޤާއިމްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހއ. ފިއްލަދޫ، އދ. އޮމަދޫ މ. ވޭވަށް، ފ. ދަރަނބޫދޫ އަދި ތ. ވަންދޫގެ ފަރާތްތަކެވެ.
އެގޮތުން މިރަށްތަކަށް ހުޅުވާލެވެނު ފުރުޞަތުގައި 15 ފަރާތަކުން މި ކޯހުގައި ވަނީ ބައިވެރިވެފައެވެ. 8 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިންނަށް މެރިކަލްޗަރ ކުރުމުގެ އަސާސީ މައުލޫމާތަކާއި މެރިކަލްޗަރކުރުމުގެ ޢަމަލީ މަސައްކަތް ދަސްކޮށްދޭނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު