ރައީސް ސާލީހު މާމިގިއްޔަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އޮނަރަބަލް ގާސިމް އިބްރާހިމް
ރައީސް ސާލީހު މާމިގިއްޔަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އޮނަރަބަލް ގާސިމް އިބްރާހިމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނުރަސްމީ ދަތުރުފުޅެއްގައި އދ.މާމިގިއްޔަށް ވަޑައިގެންފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ މާމިގިއްޔަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މާމިގިލި އެއަރޕޯޓުން މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ. ގާސިމްގެ އިތުރުން، މާމިގިލީގެ ކައުންސިލް މެމްބަރުންނާއި އެ ރަށުގެ ގިނަ ބަޔަކު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް އެއަރޕޯޓަށް ގޮސްފައެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 2 ދުވަހުގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ގާސިމް އިބްރާހިމް މުހިއްމު މަޝްވަރާތަކެއް ކުރައްވާނެއެވެ. ނަމަވެސް އެއީ ކޮންކަމަކާއި ގުޅޭ މަޝްވަރާތަކެއްކަމެއް އެނގިފައެއް ނުވެއެވެ.

ރައީސް ސާލީހާއި ގާސިމް އިބްރާހިމް މަޝްވަރާތަކެއް ބާއްވަން ތައްޔާރުވެފައިވާއިރު، އެންމެފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވަނީ ކޯލިޝަނަކާއެކު ނިކުމެވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.

އަނެއްކޮޅުން "ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން ގާސިމް އިއްޔެ ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެނޑިޑޭޓެއް ނެރޭނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ ނޫންތޯ ނިންމާނީ ޕާޓީގެ ކޮންގްރެސްއިންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރާނަމަ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނަވާނީ އޮނަރަބަލް ގާސިމް އިބްރާހިމްއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން