ކަސްޓަމްސް އާއި ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި އިންޑިއާއިން މުދާ ބަރުކޮށްގެން ރާއްޖެ އައި ބޯޓެއްގެ ކޮންޓެއިނަރެއްގެ ތެރެއިން 2 ޕްލެޓްގެ މަސްތުވާތަކެތި ފެނިއްޖެއެެވެ.
"ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ބުދަ ދަވަހު ރާއްޖެ ގެނައި ކޮންޓެއިނަރުގައި ހުރިކަމަށް ކަސްޓަމްސްއަށް އަންގާފައިވަނީ ޓޮމާޓޯ ޕޭސްޓާއި، ބައެއް ކަހަލަ ދަޅު ކާނާއެވެ.
އެކަމަކު ކަސްޓަމްސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިތުރަށް އެތަކެތި ޗެކްކުރުމުގެ މަސައްކަތް ފުލުހުންނާއި ކަސްޓަމްސްއިން އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ހަމައެކަނި ބުނީ އެމްޕީއެލް ޕޯޓަށް އިއްޔެ ބޭލި ކޮންޓެއިނަރެއް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ނުދެއްވައެވެ.
"ރަސްއޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލާ ފާސްކުރި ކޮންޓެއިނަރުގެ ތެރޭގައި ދެ ޕެލެޓު ފުރާ މަސްތުވާތަކެތި ހުއްޓެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއްކަމެއް އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއްކަމެއްވެސް ނޭނގެއެވެ.
ބެލެވޭ ގޮތުގައި މި އޮޕަރޭޝަން ނިމުމުން މިކަމާއި ގުޅޭ ތަފްސީލް ފުލުހުންނާއި ކަސްޓަމުން ހާމަކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު