ވިލިމާލޭގައި ހުންނަ ވެމްކޯ ސަރަހައްދުގައި ފައިބަރު މަސައްކަތް ކުރުމަށް ހަރުގެއެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި، އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 55 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
ސިޓީ ކައުންސިލުން ބުނީ އެ ހަރުގެ އެޅުމަށް ނިންމާފައިވަނީ ކުލި ނަގާ ގޮތަށްކަމަަށެވެ. އަދި ވެމްކޯ ސަރަހައްދުގައި ހަރުގެއެއް އެޅުމަށް ނިންމީ މީހުން ދިރިއުޅޭ ސަރަހައްދާއި ކައިރީގައި ފައިބަރު މަސައްކަތްކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށެވެ.
ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތުގައި މިހާރު ހަދާފައިވާ ފައިބަރު ބޯޓްޔާޑު އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ، ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތަށް ބޯޓު ޔާޑު މިހާރު ހުރި ހުޅަނގު ދެކުނު ފަރާތް ބޭނުން ކުރަން ޖެހޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު